ads
ސީ އެމްބިއުލާނަސް
އެމްއެންޑީއެފްގެ ބޭނުމަށް ހަ ސީއެމަބިއުލާންސް ހޯދަނީ
އެމްއެންޑީއެފްގެ ބޭނުމަށް ހަ ސީ އެމްބިއުލާންސް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޑިފެންސް މިނިސްޓްރީގެ އެދުމަށް ހަ ސީ އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ބަޔަކު ހޯދަން އޮގަސްޓް މަހު ކުރި އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، މިފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށެވެ.

އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ހިމަނާނެކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.

އެ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 80،000 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސްކަމައް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް