ads
އީސީގެ މެމްބަރުން--
ކައުންސިލް އިންތިހާބަށް ވާދަކުރާ އިތުރު ދިހަ ކެނޑިޑޭޓުން ނަން ނަގައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ އިތުރު ދިހަ ކެންޑީޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ވާދަކުރާ އިތުރު ހަ ކެނޑިޑޭޓުން ނަން ނަގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި މިފަހަރު ކެނޑިޑެންސީ އަނބުރާ ގެންގޮސްފައިވަނީ، އެމްޑީޕީއަށް ނިސްބަތްވާ ހަ ކެނޑިޑޭޓުންނާއި، އަމިއްލަގޮތުންވާ ވާދަކުރާ އަށް ކެނޑިޑޭޓުންނާއި، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ މިއިން ކޮންމެ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ކަމަށެވެ. 

މި އަދަދުތަކާއިއެކު މިހާތަނަށް ލޯކަލް ކައުންސިލް އިންތިހާބުން ނަން އަނބުރާ ނެގި ކެނޑިޑޭޓުންގެ ޖުމްލަ އަދަދު ވަނީ 99 އަށް އަރާފައެވެ. އެހެންކަމުން މިހާރު ކައުންސިލް އިންތިހާބުގައި ވާދަކުރަން ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާނީ 1،779 ކެނޑިޑޭޓުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރު ބާއްވަން އޮތް އިންތިހާބު ފަސްކުރިއިރު، އިލެކްޝަން ކޮމިޝަނުން މިހާރު އަންނަނީ އަންނަ އަހަރުގެ މާޗު ހަ ވަނަ ދުވަހު އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ އަދި ރަސްމީ ތާރީހު ނޫން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް