ކެޕްޓަން ސުނިލް ޗެތްރީ، ޗެންނާއިއަން އެފްސީ ކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ މި މެޗުގެ ހަމަ އެކަނި ގޯލުވެސް މެއެވެ.
މި އަހަރުގެ އިންޑިއަން ސުޕަ ލީގު މިހާރު ފެށިގެން ކުރިއަށްދާއިރު، ހުކުރު ދުވަހުގެ ރޭ ޗެންނައިއިން އަތުން ހޯދި މޮޅު އެއީ ބެންގަލޫރު އެފްސީގެ ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު ދެ މެޗުންވެސް އެ ޓީމުވަނީ އެއްވަރު ވެފައެވެ.
ޗެންނައިއަން އެފްސީ އަތުން ހޯދި މޮޅާއެކު ބެންގަލޫރުވަނީ ޓޭބަލްގެ ހަތަރުވަނަ މަގާމަށް ކުރިއަށް ޖެހިފަ އެވެ. ޓޭބަލްގެ އެއްވަނައިގަ ކުޅުނު ތިން މެޗުންވެސް މޮޅުވެގެން އޮތީ އޭޓީކޭ މޯހަން ބަގާން އެވެ.