ads
ނަޕޯލީގެ ސްޓޭޑިއަމް
ނަޕޯލީ ސްޓޭޑިއަމްގެ ނަން މެރަޑޯނާ ސްޓޭޑިއަމަށް ބަދަލުކޮށްފި
އިޓަލީގެ ނަޕޯލީން، އެ ޓީމުގެ ސްޓޭޑިއަމްގެ ނަން މަރަޑޯނާ ސްޓޭޑިއަމަށް ބަދަލުކޮށްފި އެވެ.

ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު ދާދި ފަހުން މަރުވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއޭގޯ މެރަޑޯނާގެ ޝަރަފުގައި، ނަޕޯލީގެ ސްޓޭޑިއަމްގެ ނަން ބަދަލުކޮށް މިހާރު ކިޔާ އާ ނަމަކީ، ސްޓޭޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާއެވެ. ނަޕޯލީއަކީ މެރަޑޯނާގެ ކުލަބު ކެރިއަތުގައި އެ ކްލަބަކާ އެކު އެތައް ކާމިޔާބެއް ހޯދާފައިވާ ޓީމެކެވެ. ސްޓޭޑިއަމްގެ ނަން ބަދަލު ކުރަން ކްލަބުން ނިންމި ނިންމުން، ހުކުރު ދުވަހުގެ ރޭ ވަނީ ނަޕޯލީގެ ސިޓީ ކައުންސިލުންވެސް ފާސްކޮށްފައެވެ. 

މަރަޑޯނާއަށް ނިސްބަތްވާ ގޮތަށް ސްޓޭޑިއަމްގެ ނަން ބަދަލު ކުރަން ހުށަހެޅީ ނަޕޯލީގެ އޯނަރެވެ. އޯނަރުގެ މި ޚިޔާލަށް، ނަޕޯލީ ސިޓީގެ މޭޔަރުވަނީ ތައީދުކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ފަންސާސް ހަތަރު ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމަކީ 1948 ވަނަ އަހަރު ހެދި ސްޓޭޑިއަމެކެވެ. ސްޓޭޑިއަމް އެންމެ ފުރަތަމަ ރިނޮވޭޓް ކުރީ 1989 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އޭގެ ފަހުން މި ދިޔަ އަހަރު އަލުން އެ ސްޓޭޑިއަމް ރިނޮވޭޓް ކުރިއެވެ.

ހާޓް އެޓޭކެއްޖެހި މަރުވި ނަޕޯލީގެ ކުރީގެ ކުޅުންތެރިޔާ، އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ ޝަރަފުގައި ނަޕޯލީގެ ކުޅުންތެރިންވަނީ ޔޫރޮޕާ ލީގުގައި ކުޅުނު މެޗުގައި މަރަޑޯނާގެ ނަންބަރު ދިހައެއް ޖަހާފައިވާ ޖަރޒީ ބޭނުންކޮށްފައެވެ.  

ދުނިޔޭގެ ރެކޯޑް އަގަކަށް އިޓަލީގެ ނަޕޯލީ މެރަޑޯނާ ސޮއިކުރީ 1984 ވަނަ އަހަރުއެވެ. ނަޕޯލީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި މަރަޑޯނާވަނީ އިޓާލިއަން ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ. ނަޕޯލީގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އޭނާވަނީ އެ ޓީމަށް 188 މެޗު ކުޅެ، 88 ގޯލް ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް