ads
މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ހޯމް މިނިސްޓްރީ
ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް: ހޯމް މިނިސްޓަރު
ދަރުމަވެރިއެއްގެ ގޮތުގައި މަސަތްކައް ކުރުމަކީ އަމިއްލަ ނަފްސަށް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދަރުމަވެރިކަމަކީ މުޖުތަމައުގެ ގުޅުން ބަދަހިކޮށް ވަރުގަދަކޮށްދޭ ކަމެއް ކަމަށާއި، މި ރީތި ސިފައަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ދިވެހިވަންތަ ރިވެތި ސިފައެއް ކަމަށެވެ. 

އެހީތެރިކަމަށް ބޭނުންވާ ކޮންމެ މީހަކަށް އެހީތެރިވުމަކީ އަމިއްލަ އުފަލެއްގެ ގޮތުގައި ދެކުމަށާއި އަދި ދަރުމަވެރިކަމުގެ މާތް ސިފައިން ޒީނަތްތެރިވުމަށް މި ޖީލުގެ ޒުވާނުންނަށް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

ދަރުމަވެރިކަމުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ރާއްޖެ އުފާވެރި އަމާން އައްސޭރި އަކަށް ވާސިލް ވުމަށް މުހިއްމު ކަމެއްކަމުގައި މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ. އަދި ދަރުމަވެރިއެއްގެ ގޮތުގައި ކޮންމެ ދުވަހަކު އަމިއްލަ އެދުން އެއްކިބާކޮށް މުޖުތަމައު އަށް އެހީތެރިކަން ފޯރުކޮށްދިނުމައްވެސް މިނިސްޓަރު ގޮވާލައްވާފައިވެ އެވެ.

މިއަހަރުގެ ދަރުމަވަންތަ ދުވަހުގެ ޝިޔާރަކީ "ޓު ގެދާ ވީ ކޭން ތުރޫ ވޮލެންޓިޔަރިން" ކަމަށްވާއިރު ދަރުމައަށް އެދިގެން މަސައްކަތްކުރާ ދަރުމަވެރިންގެ ދުވަސް ބައިނަލްއަގްވާމީގޮތުން ފާހަގަކުރަން ނިންމީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އދ. ގެ އިސްނެގުމުގެ ދަށުން 17 ޑިސެމްބަރު 1985 ގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް