އިންޑިއާގެ ޑައިރެކްޓަރަކު ދިވެހި ފިލްމެއް އުފައްދަނީ
21 ނޮވެންބަރ 2019 - 07:51:59
އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ޑައިރެކްޓަރެއް ކަމަށްވާ ބޭނަޒީރު މުހްތާތު "މާސްޓާމައިންޑް" ގެ ނަމުގައި ދިވެހި ފިލްމެއް އުފައްދަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ޑައިރެކްޓަރެއް ކަމަށްވާ ބޭނަޒީރު މުހްތާތު "މާސްޓާމައިންޑް"ގެ ނަމުގައި ދިވެހި ފިލްމެއް އުފައްދަން ތައްޔާރުވެއްޖެ އެވެ.
މާސްޓާމައިންޑް ފިލްމަކީ، މައި މޫވީ މޯލްޑިވްސް ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ދިވެހި ފިލްމުވެސް މެއެވެ.
ސަލްސާ ރޯޔަލުގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ މިފިލްމުގެ ކާސްޓުން ފިލްމަށް ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން މިފިލްމަށް ނަގާފައިވާ ތަރިންގެ ތެރޭގައި ޝަމީލް އާއި ޔޫއްޕެ އަދި ރިޝްފާ އާއި ޝީލާގެ އިތުރުން މަނިކު، ދޮން އައްޔަ އަދި އަމަން އާއި ޝަހުޒާ ފަދަ ތަރިން ހިމެނެ އެެވެ.
މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ ބޭނަޒީރުގެ ފިރިމީހާ، މުހުތާރު ޔޫސުފެވެ.
ފިލްމުގެ ޝޫޓީން އަންނަ މަހުގެ 17 ގައި ފަށާނެ ކަމަށް ބޭނަޒީރު ބުނެ އެވެ. އެގޮތުން މަސް ދުވަހުގެ ތެރޭގައި ޝޫޓިންތައް ނިންމާލެވޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުނެ އެވެ.
މި ފިލްމު، ސިނަމާއަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް