ނައިބު ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ވޮލެންޓިއަރުންގެ ދުވަސް ނުވަތަ ދަރުމަވެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖޭގައި، ހިލޭ ސާބަހަށް މަސައްކަތްކުރައްވާ ހުރިހާ ދަރުމަވެރިންނަށް ދުވަހުގެ ތަހުނިޔާ ދަންނަވަމުން ނައިބު ރައީސް ވިދާޅުވީ، "ބަދަލަކަށް އެދުމެއްނެތި، އަމިއްލަ ރުހުމުގައި ހެޔޮހިތުންކުރާ އިންސާނީ ހިދުމަތަށްވުރެ ވަކިން އަގުބޮޑު ހިދުމަތެއްނެތް" ކަމަށެވެ. އަދި ނައިބު ރައީސް ވަނީ ދަރުމަވެރިންގެ ދީލަތި ހިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރުގެ ދަރުމަވަންތަ ދުވަހުގެ ޝިޔާރަކީ "ޓު ގެދާ ވީ ކޭން ތުރޫ ވޮލެންޓިޔަރިން" މިއެވެ. ދަރުމަވެރިންގެ ދުވަސް ބައިނަލްއަގްވާމީގޮތުން ފާހަގަކުރަން ނިންމީ އދ. ގެ އިސްނެގުމުގެ މަތިން 17 ޑިސެމްބަރު 1985 ގައެވެ.