ads
ފަތުރުވެރިންތަކެއް ރާއްޖެއަށް އައުން-- ފޮޓޯ: އަވަސް
ބޯޑަރު ހުޅުވާލި ފަހުން އަނެއްކާޥެސް އާ ރެކޯޑެއް
ބޯޑަރު ހުޅުވާލި ފަހުން ރެކޯޑް އަދަދަކަށް 24 ގަޑިއިރު ތެރޭ ރާއްޖެއަށް ފަތުރުވެރިން އަތުވެއްޖެ އެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަ އިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ކުރެއްވި ޓްވީޓެއްގައި މިނިސްްޓަރު ވިދާޅުވީ ބޯޑަރު ހުޅުވުމަށް ފަހު އިއްޔެ އެކަނިވެސް ރާއްޖެއަށް 2،900 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށާއި، މިއީ ޓޫރިސްޓް އެރައިވަލްގެ އާ ރެކޯޑެއް ކަމަށެވެ. އެއާއެކު މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މާޗް މަހުގެ 27 ގައެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 18 އަށް ވުރެ ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، މި މަހުގައި އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެ އެވެ.

އިއްޔެ ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން 80،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

މިހާރު އެންމެ ބޮޑު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ގެނައުން ކަމަށް މިނިސްޓަރު މައުސޫމަ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް