ސިޓީ ކައުންސިލުން މިއަދު ބުނީ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނާނީ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ކަމަށެވެ. އަދި ހަވީރު 16:30 އިން ރޭގަނޑު 22:30 އާ ހަމަައަށް އެތަންތަން ހުޅުވާފައި ހުންނާނެ ކަމަށެވެ.
މި ޕާކުތައް ހުޅުވާފައި ހުންނަގަޑިތަކަށް ގެނެވުނު ބަދަލާއެކު ކޮންމެ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އެރޭގެ ފަތިހު 4:00 އަށް ޕާކުތައް ބަންދު ކުރުމަށް ވަނީ ނިންމާފަ އެވެ.
މާލެސިޓީ ކައުންސިލުން ބުނީ މި ދުވަހު ޕާކުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ޕާކުތަކުގެ ގަސްގަހާގެއްސަށް ބޭސް ޖެހުމަށާއި ކާނާ ދިނުމަށާއި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތުކޮށް ތަންސާފު ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
ލޮނު ޒިޔާރަތް ޕާކު ހުޅުވާފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ބަންދު ކުރުމަށްފަހު ސަލްޓަން ޕާކް އާންމުކޮށް ހުޅުވާލާފައިވަނީ ނޮވެމްބަރު 21 ވަނަ ދުވަހުއެވެ.