ads
ޒިޔަތަށް ހުކުމް ކުރުން މާދަމާއަށް ފަސްކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް ހުކުމް އިއްވުމަށް މިއަދު ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ހުކުމް ކުރުމުގެ ޝަރީއަތް މިއަދު ކެންސަލް ކޮށްފައިވަނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އަދި މާދަމާއަށް ހުކުމް ކުރުމުގެ ޝަރިއަތް ރިޝެޑިއުލް ކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެ އެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ކަމަށް ބުނެ އެވެ. އެ 32 ދައުވާތަކުގައި ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ. 

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު، އޭނާ އިއުތިރާފުވީ، ދައުލަތާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އަޑުއެހުމުގައި، ކޮންމެ ދައުވާއެއް ވަކިވަކިން އިއްވުމުން އޭނާވަނީ އެ ދައުވާ އަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ. 

އަދި އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ، އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި، ދައުވާތަލަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

ދައުވާތަކަށް އިއުތިރާފު ވަމުން ޒިޔާތު ވިދާޅުވެފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށެވެ. އަދި އެ ޗެކްތަކުން ލިބުނު އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައި ނުވާކަމަށާއި، އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ހަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. 

އެ މައްސަލާގައި ދައުލަތުން އެދުނީ ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ހިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު، އަދިި ތަހުގީގަށް ޒިޔާތު އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށްކޮށް، ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް