މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭން އެދުނީ 2023 ވަނަ އަހަރު ރާއްޖޭގައި މުބާރާތް ބޭއްވެން ނެތުމުން 2025 ވަނަ އަހަރަށް މުބާރާތް ފަސްކޮށްދޭށެވެ. އެހެންނަނަމަވެސް މަޑަގަސްކަރައިން ތިބީ މުބާރާތް ބާއްވަން ކުރަން ޖެހޭ ތައްޔާރީތައްވާން ކަމުން، ގޭމްސް ފެޑެރޭޝަނުން މަޑަގަސްކަރައަށް ފުރުސަތު ދޭން ނިންމީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ގޭމްސް ފެޑެރޭޝަނުން މި ގޮތަށް ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެއްޓްރީ އަހްމަދު މަރުޒޫގު ވިދާޅުވީ ރާއްޖެއަށް ލިބުނު ފުރުސަތު ގެއްލުމަކީ ލިބުނު މާޔޫސް ކަމެއް ކަމަށެވެ.