ads
ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
އެއާ ޓްރެފިކް އިތުރުވެ ވީއައިއޭ އަށް އާ ރެކޯޑެއް!
ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަތިވެ، މައި ވައިގެ ބަނދަރު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑް އަދަދަކަށް މަތިވެއްޖެ އެވެ.

ދާދިފަހުން އެމްއޭސީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ފަސްވަނަ ދުވަހު އެކަނިވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭއަށް 116 ފްލައިޓް ޖައްސާފައިވާ އިރު، ސީޕްލޭންގެ ގޮތުގައި 236 ސީޕްލޭން ޖައްސާފައިވެ އެވެ.

މި މަހުގެ ފަސްވަނަ ދުވަހު ބޭރުގެ ގައުމުތަކުން 3،153 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މިއީ ބޯޑަރު ހުޅުވާލިފަހުން ފަތުރުވެރިން އެންމެ ގިނައިން ރާޢްޖެ އައިކަން ފާހަގަ ކޮށްލެވޭ ދުވަހެވެ.

ބޯޑަރު ހުޅުވާލިފަހުން ބޭރުގެ ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، ފަތުރުވެރިން އަންނަ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. 

އެގޮތުން ނޮވެމްބަރު މަހު 30،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާޢްޖެއަށް އައިސްފައިވާ އިރު، ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 80،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި މަހުގައިވެސް ރާއްޖެއަށް ބައެއް އެއާލައިންތަކުން ދަތުރުތައް ފަށާފައިވާ އިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެއާލައިންތަކުން ދަތުރުތައް ފަށާނެއެވެ. އެގޮތުން މިއަދު ވެސް ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް