ދުނިޔެ /
ހިޓްލަރު އުފަންވި ގެ ޕޮލިސް ސްޓޭޝަނަކަށް ބަދަލު ކުރަނީ
20 ނޮވެންބަރ 2019 - 15:57:58
ޖަރުމަނު ނާޒީންގެ ލީޑަރު އެޑޯލްފް ހިޓްލަރު އޮސްޓްރިއާގައި އުފަންވި ގެ ފުލުހުންގެ ސްޓޭޝަނަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

އޮސްޓްރިއާގެ އިންޓީރިއާ މިނިސްޓަރު ވުލްފްގޭންގް ޕެޝޯން ވިދާޅުވީ އެ ގެއަކީ ނާޒީންގެ ހަނދާނުގައި ހުންނަ ތަނަކަށް ނުވުމަށް އެފަދަ ނިންމުމެއް ނިންމަން ޖެހޭ ކަމަށެވެ.
ސަތާރަވަނަ ގަރުނުގައި އިމާރާތްކޮށްފައިވާ އެ ގެއަކީ ހިޓްލަރު އުފަންވި ގެއެވެ. އޭނާގެ އުމުރުގެ އެންމެ ފުރަތަމަ ހަފްތާތައް ދިރިއުޅުނީ އެތަނުގަ އެވެ.
އެ ގެއާ މެދު އަމަލު ކުރާނެ ގޮތެއް މީގެ ކުރިން އޮތީ ކަނޑަނޭޅި އެވެ. އޮސްޓްރިއާގެ ސަރުކާރުން އޮތީ އެ ގޭގެ ވެރި ފަރާތުގެ އަތުން އެތަން ދިގު މުއްދަތަށް ކުއްޔަށް ނަގާފަ އެވެ. އެއީ ނާޒީންނަށް ތާއީދު ކުރާ މީހުންގެ މެދުގައި މަގްބޫލު ތަނަކަށް އެތަން ވިޔަ ނުދިނުމަށެވެ.
ފަހުން އެގައުމުގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ 897،000 އެމެރިކާ ޑޮލަރަށް އެ ގެ ގަނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް