ads
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ-- ފޮޓޯ: ރޮއިޓާޒް
ބޮޑުވަޒީރު ކަމުން ރަނިލް އިސްތިއުފާ ދެއްވައިފި
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދާދި ދެންމެއަކު އިސްތިއުފާ އިއުލާން ކުރައްވައިފި އެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދާދި ދެންމެއަކު އިސްތިއުފާ އިއުލާން ކުރައްވައިފި އެވެ.

ލަންކާގެ އާ ރައީސް ގޮޓަބޭ ރާޖަޕަކްސަގެ ސަރުކާރަށް ފުރުސަތު ދިނުމުގެ ގޮތުން ރަނިލް މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވެސް ހަބަރު ފެތުރުނެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރަނިލް ވަނީ އިއްޔެ ގޮޓަބޭއާ ބައްދަލުކުރައްވާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މިއަދު ހަވީރު ހާއްސަ ކެބިނެޓު ބައްދަލުވުމެއްގައި ރަނިލް ވަނީ އިސްތިއުފާ އިއުލާން ކުރައްވާފަ އެވެ.

އެކަން ރަސްމީކޮށް މީޑިއާއަށް އިއުލާން ކުރެއްވީ ބޮޑުވަޒީރުގެ ހާއްސަ ތަރުޖަމާނެވެ.

ރައީސް ގޮޓަބޭގެ ކެބިނެޓު އެކުލަވާލަން ހަމަޖެހިފައިވީ ނަމަވެސް، ފުރިހަމަ ސަރުކާރެއް އެކުލަވާލެވޭނީ އަންނަ މާޗް 1 ގައި ގާނޫނު ހަދާ މަޖިލިސް އުވުމަށް ފަހުގަ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ސަރުކާރު އެކުލަވާލުމުގައި އިސްކަމެއް ދޭނީ ގޮޓަބޭގެ ކެންޑިޑެސީއަށް ތާއީދު ކުރި ޕާޓީތަކަށެވެ. އަދި ކެބިނެޓުގައި 15 މެމްބަރުން ތިބޭނެ ކަމަށް ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް