ads
ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އަދި މައުމޫން އަބްދުލް ގައްޔޫމް--
ދެ މީހެއްގެ މަޝްވަރާއިން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ: މައުމޫން
ރައްޔިތުންގެ ވޯޓުން ގާއިމްކޮށްފައިވާ ވެރިކަން ހިންގުމުގެ ނިޒާމަކީ ދެ ފަރާތެއްގެ މަޝްވަރާއިން ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ގާއިމް ކުރީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެއީ ދެ ފަރާތެއްގެ މެދުގައި ބާއްވާ މަޝްވަރާތަކަށް ފަހު ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ. 

"ރާއްޖޭގައި މި އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް. ވީމާ ދެ ފަރާތަކުން މަޝްވަރާކޮށްލައިގެން މި ނިޒާމު ބަދަލެއް ނުކުރެވޭނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން އެހެން ވިދާޅުވެފައި ވަނީ ރޭ ބޭއްވި "އާސްކް ސްޕީކާ" ދެވަނަ ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކަށް ނިސްބަތް ކުރައްވަ އެވެ.

ނަޝީދު ރޭ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާކޮށް ރަނގަޅު ގޮތަކަށް ނިމިގެން ދާނެ ކަމަށެވެ.

"އެއީ 2023 ވަނަ އަހަރުތޯ ނުވަތަ އޭގެ ކުރިއަށް ކުޑަ ތަންކޮޅެއް ލާފަތޯ. އަޅުގަނޑު ހިތުން، މި ވާހަކަތައް އަޅުގަނޑު ހަގީގަތުގައި ފުރަތަމަ މަޝްވަރާ ކުރާނީ އަޅުގަނޑު ސިޔާސީ ކަންކަމުގައި އަބަދުވެސް އެންމެ ފުރަތަމަ މަޝްވަރާ ކުރާ ބޭފުޅާއާ. ވަރަށް ދުވަސްވެއްޖެ އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ. އަޅުގަނޑުމެން އެވާހަކަ ދައްކާނަން. ދެން ދައްކާފަ ރަނގަޅު ގޮތެއް އަޅުގަނޑުމެންނަށް ނިންމޭނެ،" ނަޝީދު ރޭ ވިދާޅުވި އެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެއާ އެންމެ ގުޅެނީ ބަރުލަމާނީ ނިޒާމު ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި އޮތީ ވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ. 

ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ރައްޔިތުން ކަނޑައެޅީ 2007 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ. އޭރު ރައީސްކަމުގައި ހުންނެވި މައުމޫން ރިޔާސީ ނިޒާމަށް ތާއީދު ކުރެއްވިއިރު، އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް