އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސްޕޯޓަލްގައިވާ ގޮތުން، އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ ހަ ވަނަ ދުވަހު އުފެއްދި އެ ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެމްއޭސީއެލްގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ތެރެއިން ޕެނިންސިއުލާ ކުންފުނީގެ ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މުހައްމަަދު މިހާދު އެކަންޏެވެ.
އާ ކުންފުނި "ޕެނިންސިއުލާ" ގުޅޭ ގޮތުން އެމްއޭސީއެލް އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.