ads
ރައްޔިތުންގެ ރުހުން ލިބިގެން ޕީޖީ އައްޔަނު ކުރަން ގޮވާލައިފި
ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) މަގާމަށް މީހުން އައްޔަނު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވާ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކިކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް އެދޭ ރާއްޖެ ކެމްޕެއިން ހަރަކާތުން ގޮވާލައިފި އެވެ.
Advertisement

ރައްޔިތުންގެ ރުހުން ލިބިގެން ޕްރޮސިއުޓާ ޖެނެރަލް އައްޔަނު ކުރުމާއި އެމަގާމުން އޭނާ ވަކި ކުރުމުގައި ވެސް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅަނީ: 

 1.  ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރުވެރިކަން އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރުމަށާއި 

 2.  ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނު ކުރުމާއި ވަކި ކުރުމުގައި އެންމެ ފަހުގެ ނިންމުން ނިންމުގެ ބާރު ސީދާ ރައްޔިތުންނަށް ހޯދައި ދިނުމަށާއި

 3.  ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން އެއްކިބައިވެގެން ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ޕީޖީގެ މަސްއޫލިއްޔަތާއި ޒިންމާ އާއި ވާޖިބުތައް އަދާ ކުރުމަށް މަގުފަހިވެފައިވާ މުޖުތަމައެއް ކަށަވަރު ކުރުމަށެވެ. 

 4.  މުސްތަގިއްލު މަގާމުތައް ސިޔާސީ އެއް ފިކުރަކުން ކޮންޓްރޯލް ކުރާކަމަށް ކުރެވޭ ތުހުމަތުތައް ނިމުމަކަށް ގެނެސް، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް އަމަލު ކުރަން ލާޒިމް ސަގާފަތެއް އަށަގެންނެވުމަށެވެ

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.

"އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީގައި ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވަކިކޮށްފައިވާ ބާރުތައް، ގާނޫނު އަސާސީ އާއި ހިލާފަށް، ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނެ އޮނިގަނޑެއްގެ އަސާސްތައް ހިމެނޭ ކަރުދާހެއް އެކުލަވާލައިފަ އެވެ. އަދި މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާގެ އަޅުވެތިކަމުން މިނިވަންވެގެން އެ މީހުންގެ ނުފޫޒުން އެއްކިބައިވެގެން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތައް ހިންގޭނެ އޮނިގަނޑެއް ހޯދުމަށް ގާނޫނޫ އަސާސީ ބަދަލު ކުރުމަށް ހުށަހެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

ބޭނުމަކީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި އެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރުމެވެ. އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.



ޕީޖީ މަގާމަށް މީހުން އައްޔަނު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވާ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކިކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް އެދޭ ރާއްޖެ ކެމްޕެއިން ހަރަކާތުން މިއަދު ގޮވާލިއިރު، ސުޕްރީމް ކޯޓު ފަނޑިޔާރުން ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވަން އެދޭ ރާއްޖެ ކެމްޕޭނު ހަރަކާތުން މިފަހުން ވަނީ ގޮވާލައިފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް