ads
ދެކުނު ކޮރެއާގައި ކުޑަކުދިންތަކެއް މާސްކް އަޅައިގެން---
މާޗް މަހުގައި ދެކުނު ކޮރެއާއަށް ވެކްސިން ލިބޭނެ
އަންނަ އަހަރުގެ މާޗް މަހު ދެކުނު ކޮރެއާގެ އާބާދީގެ 88 އިންސައްތަ ރައްޔިތުންނަށް ވެކްސިން ލިބޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ދެކުނު ކޮރެއާ އިން އަންނަ މާޗް މަހު އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނަ އިރު، އެ ގައުމުގައި އަންނަނީ ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންނެވެ.

އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ލިބޭނެ ގޮތެއް ހެދުމަށްޓަކައި ދެކުނު ކޮރެއާ އިން ވަނީ ވެކްސިން ތައްޔާރުކުރަމުންދާ ހަތަރު ކުންފުންޏެއްގެ އިތުރުން ޑަބްލިއުއެޗްއޯގެ ވެކްސިން ޕްރޮގްރާމް ކަމަށްވާ ކޯވެކްސްގެ އާއި އެކު އެއްބަސްވުމަކަށް އައިސްފައެވެ.

އެގޮތުން ދެކުނު ކޮރެއާ އިން އަސްޓްރާޒެންކާ އާއި އެއްކޮށް އެއްބަސްވުމަކަށް އާދެވިފައިވާ އިރު، މި މަހުގެ ފަހުކޮޅު ބާކީ ހުރި ކުންފުނިތަކާއި އެއްކޮށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އެ ގައުމުން ބުނެއެވެ. ނަމަވެސް ޗައިނާ އާއި ރަޝިއާ އާއި އެކު ވެކްސިންގެ ވާހަކަތައް އަދި ދަށްކާފައިނުވާ ކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން ބުނެއެވެ.

"ފައިޒާއާއި މޮޑާނާ، ކޮންމެ ކުންފުންޏަކުން 20 މިލިއަން ވެކްސިން ޑޯޒް ގެންނަން ވަނީ ނިންމާފަ. ޖޯންސަން ޖޯންސަންގެ "ޖޭންސަން" އިން ހަތަރު މިލިއަން ޑޯޒް ގެންނަން ނިންމާފައިވޭ،" - ދެކުނު ކޮރެއާގެ ސިއްހަތާއި ބެހޭ ވަޒީރު ޕާކް ނެންހޫ-

 ކޯވެކްސް ޕްރޮގްރާމް މެދުވެރިކޮށް ބާކީ ދިހަ މިލިއަން ވެކްސިން ގެންނަން ނިންމާފައިވެއެވެ.

އަންނަ މާޗް މަހުގައި ދެކުނު ކޮރެއާ އަށް ވެކްސިން ލިބުނު ކަމުގައިވިއަސް ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެހެން ގައުމުތަކުގައި ވެކްސިން ބޭނުންކުރަމުންދާ ގޮތް ބަލާނެކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ކޮންޓްރޯލްކޮށް ހިފެހެއްޓުނު މަދު ގައުމުތަކުގައި ހިމެނޭ ދެކުނު ކޮރެއާގައި ހަލުވިކަމާއި އެކު ކޭސްތައް އިތުރުވަމުން އަންނަ އިރު، އިއްޔެ އެކަނިވެސް އެ ގައުމުން 594 މީހަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ.

މިހާތަނަށް ދެކުނު ކޮރެއާ އިން 38،755 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 552 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް