މައުލޫމާތު ހޯދަން އެދި ހުށަހެޅި ހުށަހެޅުމަކަށް ހައުސިން މިނިސްޓްރީން ޖަވާބު ނުދީގެން އެ މައްސަލަ ބަލަން ތާވަލުކުރި އަޑުއެހުމަކަށް މިނިސްޓްރީން ހާޒިރުނުވުމުން އައިކޮމްއިން ވަނީ ހައުސިން މިނިސްޓްރީ 350ރ.އިން ޖޫރިމަނާކޮށްފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ބުނެފައިވަނީ މައުލޫމާތު ދިނުމާ ގުޅޭ މައްސަލައެއްގައި އައިކޮމްގެ އަޑުއެހުމަކަށް ހާޒިރުވާން އަންގައިފިނަަމަ މަގުބޫލު ސަބަބެެއް މެދުވެރިވާ ހާލަތުގައި ނޫނީ ހާޒިރުވުން ލާޒިމުވާނެ ކަމަށެވެ.
އަދި މަގުބޫލު ސަބަބެއް އޮވެގެން ހާޒިރުނުވެވޭނަމަ ހާޒިރުވުމުގެ ވަގުތުގެ އެއް ގަޑިއިރުގެ ކުރިން ހާޒިރުވެވެން ނެތްކަމާއި ހާޒިރުނުވެވޭ ސަބަބު އައިކޮމްއަށް އަންގަންވާނެ ކަމަށެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީއަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ވަރަަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.