ads
އއ. އުކުޅަސް
އުކުޅަހުން ފަތުރުވެރިއަކު ޕޮޒިޓިވް ވެއްޖެ
އއ. އުކުޅަހުން އަނެއްކާވެސް ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތް އިބްރާހިމް ވިދާޅުވީ، އެރަށު "ނަލަވެލި ވިލާ ގެސްޓް ހައުސް"ގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށާއި، މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މީގެއިތުރުން އުކުޅަހު ސިއްހީ މަރުކަޒުންވެސް މިހާރުވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ސިއްހީމަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަލަވެލި ވިލާ ގެސްޓް ހައުސްއިން ފަތުރުވެރިއަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި، މި ފަތުރުވެރިޔާ ކަރަންޓީނު ކުރުމާއި، ފަތުރުވެރިޔާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތައް އެކަހެރި ކުރުމުގެ މަސައްކަތް ކައުންސިލް އަދި ކޮވިޑް ޓާސްކްފޯސް ކޮމިޓީ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

މިއީ އޮކްޓޫބަރު 15 ގައި ލޯކަލް ޓޫރިޒަމް އަލުން އޮޕަރޭޓް ކުރަން ފެށިފަހުން އުކުޅަހުން ފަތުރުވެރިއަކު ޕޮޒިޓިވްވި ތިންވަނަ ފަހަރެވެ. މީގެކުރިން ދެފަހަރުވެސް އެރަށުން ޕޮޒިޓިވްވީ ނަލަވެލި ވިލާ ގެސްޓުހައުސްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިންނެވެ. 

އެރަށުގައި މިވަގުތު 12 ގެސްޓު ހައުސްއެއް އަންނަނީ އޮޕްރޭޓް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް