އެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބީއެމްއެލްއިން ވަނީ ހޯމަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވާފައެވެ.
އަގު ވަޒަން ކުރުމަށް ބޭއްވި ހަފްލާ އަކުވަނީ ބޭންކަށް 15 20 25 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދީފައެވެ.
ޖުމްލަ 33 މުވައްޒަފަކަށް މި އެވޯޑު ލިބިފައިވާއިރު 35 އަހަރު ބޭންކަށް ހިދުމަތްކޮށްދީފައިވާ މުހައްމަދު އަހުމަދު ހެޑް އޮފް ޕްރޮކިއުމަންޓް އަދި ހަސަން ޝާމް ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.
މީގެ އިތުރުން ބޭންކަށް 25 އަހަރު ހިދުމަތްކޮށްދީފައިވާ އަބްދުﷲ ސައީދު ސީނިއާ ޕެރަލީގަލް އަދި ހާނީމާ ނަސީމް ގަމު ބްރާންޗް މެނޭޖަރއަށްވެސް ވަނީ އެވޯޑް ދީފައެވެ.
ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި އެބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަކީ ލިބޭ ބޮޑު އުފަލެއްކަމުގައި ސީއީއޯ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެކެވެ. ބޭންކުގެ މަސައްކަތް ކުރާ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.