މި ބައްދަލު ވުމުގައި މިހާރު މީޑިޔާ ކައުންސިލްގެ މެންބަރުން ވިދާޅުވީ އެ ކައުންސިލކްގެ ރައީސް އަދި ނައިބު ރައީސްއަކު ހޮވުމަކީ ގާގޫނުގައި ވާ ގޮތުން ހޯމްމިނިސްޓަރީއިން ކުރަންޖެހޭކަމެށް ނޫންކަމަށެވެ.
މި މައްސަލަޔާ ގުޅޭގޮތުން ހޯމްމިނިސްޓާރީއިން ބުނީ އެމީހުންގެ ލީގަލް ޓީމްއާއި މައްސަލައާއި ގުޅޭގޮތުން ވާހަކަދެއްކުމަށްފަހު ގޮތެއް ނިންމާނެކަމަށެވެ.
މީޑިއާ ކައުންސިލްގައި ތިއްބަވަނީ 14 މެންބަރުންނެވެ. ދެ މެންބަރެއްގެ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ. އެހެން ކަމުން އަންނަ އަހަރު މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނެ އެވެ.
މީޑިއާ ކައުންސިލްގެ އައު ދައުރަށް މެންބަރުން އިންތިހާބު ކޮށްފައިވާއިރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެއެވެ. އެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މީގެ ކުރިން ކޮށްފައިވެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެ ދެ އިދާރާ އެއްކޮށްލާ މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ނިންމާ އެކަމާއި ގުޅޭ ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އަންނަ އަހަރުގެ ކުރީކޮޅު އެ ބިލް މަޖިލީހަށް ފޮނުވާނެ ކަމަށް ބެލެވެއެވެ.