މި މެސެޖްގައި ރައީސް ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ހަބަރެށްކަމަަށާއި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުގެ ހިދުމަތްތަށް އަބަދުވެސް ޕާކިސްތާނުން ފެނިގެންދާނެކަމަށެވެ. އަދި އެ އާއިލާގެ މެމްބަރުންނަށް ކެތްތެރިކަން ދެއްވުމަށާއި ބޮޑުވަޒީރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވާފައިވެ އެވެ.
ޒަފަރުއްﷲ ޚާން ޖަމާލީ ޕާކިސްތާނުގެ 15 ވަނަ ބޮޑުވަޒީރެވެ. އެ މަނިކުފާނު ބޮޑުވަޒީރުގެ މަގާމު އަދާ ކުރައްވާފައިވަނީ 2002 ކުން 2004 ގެ ނިޔަލަށެވެ.
ޕާކިސްތާކުގެ ކުރީގެ ބޮޑުވަޒީރު ޒަފަރުއްﷲ ޚާން ޖަމާލީ އަވަހާރަވެފައިވަނީ ދޭއް ޑިސެމްބަރުގައި ވެންޓިލޭޓަރުގައި އޮއްވައި ހާޓްއެޓޭކެށް ޖެހިގެންނެވެ.