ads
ފޮޓޯ: ރައީސް އޮފީސް
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު އައްޔަންކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ޑިސެންބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އާއި ދެމެދު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މައުލޫމާތު ދީފައިވެ އެވެ. 

މިފަހުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފަސް މެމްބަރަކު އައްޔަނު ކުރައްވާފަ އެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ރައީސް އައްޔަންކޮށްފައިވާ 5 ބޭފުޅުން:
- ޙުސައިން ޒައިދާން ޖަލީލް/ މ.ފާމުދޭރިގެ
- އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު/ ގ.ގޮފި
- އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީ/ ވެސްޓްބީޗް/ އއ.މަތިވެރި
- އިސްމާޢީލް ސާޖިދު/ މއ.ވިލާރޮދި
- އަލްއުސްތާޛް އަޙްމަދު އަޝްރަފް/ ދަފްތަރު ރސ 4883

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް