ads
ކުރީގެ ޕީޖީ އަހުމަދު މުއިއްޒު މަޖިލިސް ކޮމެޓީއެއްގައި -- ފޮޓޯ / ވީނިއުސް
އަދީބާއި ޒިޔަތު ގޭގައި ތިއްބަވާތީ ކުރީގެ ޕީޖީ މުއިއްޒު ފާޑުވިދާޅުވެއްޖެ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލާގައި ދައުވާތަށް ސާބިތުވި، އަބްދުﷲ ޒިޔަތު އަދި އަހުމަދު އަދީބު ގޭގައި ހުންނަވާތީ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ އިއުތިރާފު ވުމުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެ. އަދި އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. 

ހުކުމް އިއްވި ނަމަވެސް ދެބޭފުޅުން އަދިވެސް ގޭގައި ތިއްބަވާކަން ފާހަގަ ކުރައްވައި ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވަނީ "ސަޅި" ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. 

އޭގެ އިތުރުން މުއިއްޒުވަނީ "ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެމީހުން ޖަލުގައި ނުތިއްބަވާ ގޭގައި ތިއްބެވީ ހަމަ އިއްތިފާގަކުންތޯ، ނުނީ ރައީސްގެ ހެޔޮފުޅުކަމުންތޯ ސުވާލު އުފައްދަވާފައެވެ. 

މުއިއްޒުގެ އިތުރުން މިމައްސަލާގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމްވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް