ads
2019 އަހަރުގެ ނޫސްވެރިކަމުގެ އިނާމް ލިބުނު ނޫސްވެރިން--
ނޫސްވެރިކަމުގެ އިނާމު 10 ނޫސްވެރިޔަކަށް!
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ 2019 ވަނަ އަހަރުގެ އިނާމު 10 ނޫސްވެރިޔަކަށް އަރުވައިފި އެވެ.

މީޑިއާ ކައުންސިލުން އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ހަފްލާގައި، 11 ދާއިރާއަކުން 10 ނޫސްވެރިއަކަށް އިނާމް ލިބިފައިވާއިރު، 2019 ވަަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިއަކަށް ހޮވިފައިވަނީ ޑް ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމް އެވެ. އަދި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ ޕްރިންޓް އޮންލައިން ކެޓަގަރީންވެސް އެވޯޑް ހާސިލްކޮކުރީ މުޒައްޔިން އެވެ. 

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ފަސް ނޫސްވެރިން ވާދަކުރިއިރު، އެ އެވޯޑަށް އިތުރު ހަތަރު ނޫސްވެރިއަކު ވަނީ ނޮމިނޭޓްވެފައެވެ. އެއީ ވަގުތު އޮންލައިން އިން ޒަހީން އަބްދުﷲ، އާއި ރާއްޖެ ޓީވީއިން ލައިޝާ އަހުމަދު އަދި ދަ ޕްރެސްއިން މަރިޔަމް ނިމާ ހަސަންގެ އިތުރުން ވޮއިސް އޮންލައިންއިން މުހައްމަދު މުއައްލިމް އިބްރާހީމެވެ.

އިތުރު ދާއިރާތަކުން އެވޯޑް ހާސިލްކުރި ނޫސްވެރިން:

  1. ވީޑިއޯ ޖާނަލިޒަމް - ޝުރުފާ މުހައްމަދު / ވީޓީވީ
  2. ފޮޓޯ ޖާނަލިޒަމް - ނިޝާން ޢަލީ / މިހާރު ނޫސް
  3. ފީޗާ އާޓިކަލް/(ބްރޮޑް ކާސްޓިން)- ޝުރުފާ މުހައްމަދު / ވީޓީވީ
  4. ފީޗާ އާޓިކަލް (ޕްރިންޓް/އޮންލައިން) - މުހައްމަދު ހަމްދޫން / މިހާރު ނޫސް
  5. ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ (ބްރޯޑްކާސްޓިން މީޑިއާ) - ސިމާހާ ނަސީމް / ރާއްޖެ ޓީވީ
  6. ކުޅިވަރުގެ ދާއިރާ (ޕްރިންޓް/އޮންލައިން) - މުހައްމަދު ހަމްދޫން / މިހާރު ނޫސް
  7. ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ (ޕްރިންޓް/އޮންލައިން) - އީމާން އަންވަރު / އަވަސް އޮންލައިން
  8. ޝަރުއީ އަދި ގާނޫނީ ދާއިރާ (ޕްރިންޓް/އޮންލައިން) - މުއިއްޒު އިބްރާހީމް / މިހާރު ނޫސް
  9. ސިޔާސީ ދާއިރާ (ޕްރިންޓް/އޮންލައިން) - މުހައްމަދު ވިޝާމް / އަވަސް އޮންލައިން
  10.  އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަން (ޕްރިންޓް/އޮންލައިން) - ޝަފްނާ ހުސެއިން / ސަން އޮންލައިން
  11. ތަހުގީގީ ނޫސްވެރިކަން (ޕްރިންޓް/އޮންލައިން) - މުހައްމަދު މުޒައްޔިނު ނާޒިމް / ސަން އޮންލައިން

އޭގެ އިތުރުން ރޭ ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ހަނދާނުގައި ހާއްސަ ފިލައެއް ވެސް އާއިލާއަށް އަރުވާފައެވެ. އެ ފިލާ، ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒާ ހަވާލުކޮށްދެއްވީ އެމްއެމްސީގެ ރައީސް ރަައީސް ހިދާޔަތުﷲއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް