ads
ރައްޔިތުންގެ މަޖިލިސް--
އިންޝުއަރެންސާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
އިންޝުއަރެންސްއާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
Advertisement

މަޖިލީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްމުންގެންދާ އިންޝުއަރެންސްއާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. 

މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ އިސްލާއެއް އޮތްނަމަ 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިދިނުމަށް މަޖިލީހުން ވަނީ އެދިފަ އެވެ. 

އިންޝުއަރެންސްއާ ބެހޭ ބިލު ސަރުކާރުގެ ބިލެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. 

މިބިލު ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 6/2008 (އާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު އެކެއް ގައި ހިމެނޭ 'އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޝަން' އަށް ބެލެނިވެރިކަން ދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގައި އިންޝުއަރެންސް ވިޔަފާރިކުރުމާއި، އިންޝުއަރެންސް އިންޓަމީޑިއަރީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ލައިސަންސް ދޫކުރުމާގުޅޭ އުސޫލުތަކާއި، އެ ވިޔަފާރި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، އިންޝުއަރެންސް ވިޔަފާރި ހިންގާ ފަރާތްތަކާއި އިންޝުއަރެންސް އިންޓަމީޑިއަރީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ އުސޫލުތަކާއި، އިންޝުއަރެންސް ވިޔަފާރިއާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމަށްޓަކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް