ads
އަހުމަދު އަދީބު-- ފޮޓޯ: އޭއެފްޕީ
އަދީބު ހުޅުމާލޭ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެއްޖެ
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ވިހި އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ފްލެޓަކަށް ދިރިއުޅުން ބަދަލުކުރައްވައިފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާ އެއް އުފުލާފަ އެވެ. އެއީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.

ދައުލަތާއި އެކު ހަދަފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދީބު ވަނީ މި ހަތް ދައުވާ އަށް ވެސް ކްރިމިނަލް ކޯޓުގައި އިއުތިރާފްވެ ފައެވެ. ސިއްހީ ހާލަތު ހުރި ގޮތުން ހުކުމް ގޭގައި ތަންފީޒުކުރައްވަމުން ގެންދަވާއިރު އެނގިފައިވާ ގޮތުގައި އަދީބު ހުޅުމާލޭ އަމިން އެވެނިއުއަށް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ބަދަލުވެވަޑައިގެންފަ އެވެ. 

މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަދީބް ގެއަށް ބަދަލުކުރެއްވީ ނިދުމަށް ހާއްސަ މެޝިނެއް ބޭނުންވާތީ ކަމަށެވެ. އެގޮތުން އެ މެޝިން ޖަލުގައި ބެހެއްޓެން ނެތުމުގެ ސަބަބުން ގެއަށް ބަދަލުކުރެއްވީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ވިދާޅުވި އެވެ. 

އަދީބުގެ މައްޗަށް ޖުމުލަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު 2 މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށް އެފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމް ކޮށްފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް