ads
ޑރ. މުހައްމަދު ޖަމީލް އަހުމަދު--
ބޮޑެތި ކުށްތަކަށް މީހުން ފަސްޖެހޭނެ ސަބަބެއް އެބައޮތްބާ: ޑރ ޖަމީލް
ބޮޑު ހިޔާތާންވީ މީހުން ތިބީ ހުކުމަށްފަހުވެސް އަރާމުގައި ކަމަށާއި، އެހެންކަމުން ބޮޑެތި ކުށްތަކަށް މީހާރު މީހުން ފަސްޖެހޭނެ އެއްވެސް ސަބަބެއް އޮތްތޯ، ކުރީގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަށް ސާބިތުގެ ހުކުމް އިއްވިނަމަވެސް ދެބޭފުޅުން އަދިވެސް ގޭގައި ތިއްބަވާ މައްސަލާގައި ފާޑުވިދާޅުވަމުންނެވެ. 

ޑރ ޖަމީލް ވިދާޅުވީ، ބޮޑު ހިޔާތާންވީ މީހުން އެތިބީ ހުކުމަށްފަހުވެސް އަރާމުގައި އަމިއްލަ ގޭގައި ކަމަށާއި، 800 އަހަރުގެ ހުކުމްވެސް ބަދަލުވެއްޖެ ކަމަށެވެ. އަދި އެހެންމަކުން މިހާރު ބޮޑެތި ކުށްތަކަށް މީހުން ފަސްޖެހޭނެ އެއްވެސް ސަބަބެއް އޮތްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. 

"ބޮޑު ހިޔާނާތްވި މީހުން އެތިބީ ހުކުމަށްފަހުވެސް އަރާމުގައި އަމިއްލަ ގޭގައި. 800 އަހަރުގެ ހުކުމްވެސް ބަދަލުވެއްޖެ. ބޮޑެތި ކުށްތަކަށް މީހުން ފަސްޖެހޭނެ ސަބަބެއް މިހާރު އެބައޮތްބާ؟" ޖަމީލް ވިދާޅުވިއެވެ. 

ޑރ ޖަމީލް ވިދާޅުވީ ގައުމުގެ ވެރިން ތިއްބެވީ މުޖުރިމެއްގެ އަތްދަށުގައި ތާށިވެފައި ކަމަށާއި އެހެންކަމުން ހައިރާންވާ ކަމަށެވެ. 

މީގެއިތުރުން "މިހެން ކަންކަން ވާން ޖެހޭ ހާދަހާވާ ބޮޑެތި ސަބަބުތަކެއް ފަހަތުގައި އޮންނާނެއޭ!! ނޫނީ ކޮން ފަދަ މަސައްކަތެއް ހަވާލުކުރީބާ؟" މިހެން ފާހަގަކުރައްވާ ޑރ ޖަމީލް ވަނީ މިކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެތައް ސުވާލެއް އުދޭކަމަށް ވިދާޅުވެފައެވެ. 

ޑރ ޖަމީލް ވަނީ މީގެކުރިންވެސް އެތައް ފަހަރެއްގެ މަތިން މިމައްސަލާގައި ނުރުހުން ފާޅުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އަދީބު އާއި ޒިޔަތުގެ މައްޗަށް އިއްވާފައިވާ ހުުމުންވެސް، މިސަރުކާރުން އަދުލު އުންސާފު ގައިމުކޮށްދޭން ބޭނުން ނުވާކަން ހާމަވެގެންދާކަމަށް އެމަނިކުފާނުވަނީ މީގެކުރިން ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް