ގަބުޅިކަތީބު ޒަމާނުގައި ވިޔަސް، ބޮޑުކާފާއި ކުޑަކާފުގެ ޒަމާނުގައި ވިޔަސް ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަހު ވެރިކަންކުރެއްވި ބޭފުޅާ އެވެ. ބައެއް ފަރާތްތަކުން ސިފަކުރާގޮތުގައި ސިޔާސީ ގޮތުން މިއަދު ރާއްޖޭގައި ހުންނެވި އެންމެ ދޮށީ ބޭފުޅާ އެވެ. ދިގު ތިރީސް އަހަރުގެ ތެރޭގައި ރައީސް މައުމޫންވެސް ހެޔޮ ވެރިކަމެއް ކުރެއްވިކަން އެއްބަޔަކު ގަބޫލުކުރާއިރު އެމަނިކުފާނުގެ ދިގު ތިރީސް އަހަރަކީ އަނިޔާވެރި ކަޅު ދުވަސްތަކެއްގެ ގޮތުގައި ސިފަކުރާ ބައެއްވެސް މަދެއްނޫނެވެ.
އުފެދޭ ސުވާލަކީ ކޯލިޝަނަށް މިހާރު ރައީސް މައުމޫނުގެ ބޭނުން ނެތެނީބާއެވެ؟