ads
އަދުރޭ
ސަރުކާރުން އުޅެނީ އަދީބު އާއި ޒިޔަތާއިއެކު ޑީލް ހަދައިގެން: އަދުރޭ
މިސަރުކާރުން އުޅެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއިއެކު "ޑީލް" ހަދައިގެން، ގަސްތުގައި ރައީސް ޔާމީން އަށް އަނިޔާކުރަން ކަމަށް، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، މިއަދު ރައީސް ޔާމީނުގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުރުމަށް އެދިވަޑައިގަތުމުން އައު ޝަރުތެއް ކުރިމަތިކޮށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުނުކުރެވޭ ގޮތް ހެދިކަމަށް ބުނާ މައްސަލާގައި ނުރުހުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. 

އަދުރޭ ވިދާޅުވީ މި ސަރުކާރުން ގެންދަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދިފާއުވުމުގެ ހައްގުން ރައީސް ޔާމީން މަހުރޫމްކުރަމުން ކަމަށެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގެ އަސްލު ބައިވެރިންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ސަރުކާރުން ވަނީ އެދެބޭފުޅުންނާއިއެކު ޑީލް ހައްދަވާފައި ކަމަށެވެ.

 އަދި އެ ޑީލްގެ ދަށުން ސަރުކާރުން އިތުރު މައްސަލަތައް އުފަންކުރުވައި ގަސްތުގައި ރައީސް ޔާމީންއަށް އަނިޔާކުރަމުންދާ ކަމަށްވެސް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ރައީސް ޔާމީނުގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުރުމަށް އެދިވަޑައިގަތުމުން އައު ޝަރުތެއް ވަނީ ކުރިމަތިކުރުވާފައެވެ. އެގޮތުން ޕީސީއާރު ޓެސްޓެއް ހެދުމަށްފަހު ނަތީޖާ ހުށަހެޅުމަށް އަންގާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް