ads
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތްއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުން
އޮޑިޓް އޮފީހުގެ މިއަހަރުގެ އޮޑިޓް ކުރާނެ ބަޔަކު ހޯދަނީ
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ އަހަރީ އޮޑިޓްކުރާނެ އޮޑިޓް ފާމެއް ހޯދަން އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އަހަރީ އޮޑިޓް ކުރުމަށް، އޮޑިޓްކުރުމާއި އެޝޫރެންސް ހިދުމަތްދިނުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފާމްއެއް ހަމަޖައްސަން މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، 3 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިއުލާނުގައި ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް