ތައިމޫރް ބޮޑުވެގެން ފިލްމީ ދާއިރާއަށް ނިކުންނާނެތޯ ވެސް އާއްމުންގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ވަރަށް ފަހުން ސައިފް ބުނެފައިވަނީ ތައިމޫރު ވެސް ބޮޑު ވެގެން ވާނީ އޭނަ ގޮތަށް އެކްޓަރަކަށް ކަމަށެވެ.
މީޑިއާތަކުގެ ސަމާލުކަން ތައިމޫރު ހޯދަމުން އަންނަ އިރު މިފަހުން މީޑިއާއަކަށް އޭނަގެ މާމަ ޝަރްމިލާ ޓާގޯރް ދިން އިންޓަވިއުއެއްގައި ބުނީ ތައިމޫރް އާއި މެދު ކަންބޮޑުވާ ކަމަށެވެ. ސަރްމީލާ ބުނީ އެމީހުންގެ ފެމެލީއަކީ ހުރިހާ ކޮޅަކުން ވެސް މީޑިއާގެ ސަމާލުކަން ހޯދާފައިވާ އާއިލާއެއް ކަމަށާއި އެހެންނަމަ ވެސް ކޮންމެވެސް ހިސާބަކުން އޭގެ ސަބަބުން މީހާ މާޔޫސްކޮށްލާ ދަނޑިވަޅުތައް އަންނާނެ ކަމަށެވެ.
ޝަރްމީލާ ބުނީ ތައިމޫރް އަށް އަދި އޭގެ އަސަރު ކުރަމުން ނުދަނީ ތައިމޫރްގެ އުމުރުގެ ހަގުކަމަށް ވުމުން ކަމަށާއި ބޮޑުވެ މީޑިއާގެ ސަމާލުކަން ލިބޭ މިންވަރު ކުޑަވެއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު އޭރުން އޭނައަށް ކުރަން ފަށާނެ ކަމަށެވެ.