ads
ޓެކްސީއެއްގައި ހޭދަކުރި ނާމާން 30 މިނެޓު:-
ހަގީގީ ހާދިސާ: ޓެކްސީއެއްގައި ހޭދަކުރި ނާމާން 30 މިނެޓް!
ދުނިޔޭގައި އިންސާނާ އަށް އެތަށް ކަންތައްތަކާ ކުރިމަތި ލާން ޖެހެއެވެ. ހަތާށް ބަދަލުކޮއްލާ ފަދަ ކަންތަކާވެސް ބައެއްފަރަހު ދިމާވެއެވެ. ބުއްދި ގަބޫލު ކުރަން ދަތި މަންޒަރުތާވެސް މި ދުނިޔޭގައި ކުރިމަތިލާންޖެހެއެވެ. ބައެއް ފަހަރު އެ ހާދިސާތައް އަހަރުމެންނަށް ދިމާވަނީ އިންސާނުން ނޫން އެހެން މަގުލޫގުންތަކެއްގެ ކިބައިންނެވެ. އަހަރެން ގެ ހަޔާތް ވެސް ބަދަލުކޮއްލީ ބުއްދި ގަބޫލު ކުރަން ދަތި އަޖައިބުން ފުރިގެންވާ 30 މިނެޓްގެ ކުޑަ ވަގުތު ކޮޅުގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ.
Advertisement

އެއީ ހޮނިހިރު ދުވަހެކެވެ. މާލޭގެ މަލަމަތި ބައްދާލައިފައިވަނީ ކަޅު ވިލާތަކުންނެވެ. ދެންމެ ދެންމެ ވާރޭ އޮއްސާލާފާނެ ވެސް ހިތައް އަރައެވެ. އަހަރެން އޮތީ އެދުމަތީގައި ކޮޓަރީގެ ހުޅުވިފައިވާ ކުޑަ ދޮރުން މި މަންޒަރު ބަލާށެވެ. ކަބަޑުމަތީގައި އޮތް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ.ކަންނެއް ގޮތަކަށް މޯޅިއަކަށް ދެމިލުމަށް ފަހު އަހަރެން އެދުން ތެދުވެ ކަބަޑުމަތީގައި އޮތް ފޯނު ނެގީމެވެ.

ދިއްލިފައިވާ ސިކްރީނަށް އަރާޝް ( އަސްލުނަމެށް ނޫން) ގެ ނަން އަރާފއި ހުރިއެވެ. އޭނާ އެ ގުޅަނީ އަހަރެންނާ އެކު ކޮފީއަކަށް އަރާށެވެ. މިއަދު އޭނާ އާއި ދިމާވާން އަހަރެން މާކުރިންވެސް ވަނީ ޕްލޭން ކޮށްފައެވެ. ފިނިމޫސުމުގެ ފިނީގައި ކައްނެތް ވެފައި އަހަރެންނަށް އެދުމަތީގައި އޮވެވުނީއެވެ. ކޯލް ރިޖެކްޓް ކޮށްލުމަށް ފަހު ދާނެކަމަށް ބުނެ އަރާޝްއަށް މެސެޖް ކޮށްލީމެވެ.

ތުވާލި ހިފައިގެން ކަންނެތް ގޮތަކަށް ފާހަނައަށް ވަދެ ފެނަވަރާލައިގެން ރީތިވެގެން އަރާޝް މެސެޖްގައި ބުނެފައިވާ ރެސްޓޯރެންޓަށް ދާން މިސްރާބު ޖެހީމެއެވެ. އަހަރެން ދިރިއުޅެނީ މާފަންނުު ކޮޅުގައެވެ. ދާންއޮތް މަންޒިލް ހުރީ ހެންވޭރު އާޓިފިސަލް ބީޗް ކައިރީގައެވެ. 

ވައިވެސް ވަރަކަށް ގަދައެވެ. ހަށަން ބަނދެލައިގެން 5 ޖެހުމުގެ ކުރިން އެތަނަށް ދިއުމަށް އަހަރެން ބާރަށް ހިނގަމުން ގެންދިޔައީމެވެ. ކުއްލިއަކަށް ވާރޭވެހެން ފަށައިފިއެވެ. ގެއެއްގެ އަސްކަނި ދަށަށް ވަދެ ހުރެ ކާރެއް ލިބޭތޯ އަތް ނަގަން ފެށީމެވެ. އިރު ކޮޅަކުން ކާރެއް ލިބިއްޖެއެވެ. 

ރަން ކުގައިގެ ރީތި ޓެކްސީއެއް ހުއްޓިއެވެ. އަހަރެން އަވަހަށް އެ ކާރުގެ ޕަސެންޖާ ސީޓަށް އެރީމެވެ. ކާރަށް އަރާ ހަމަޖެހިލުމަށް ފަހު އަހަރެން ގެންގޮސްދޭންވީ މަންޒިލް ދުއްވަން އިންމީހާ ކައިރީގައި ބުނީމެވެ. އޭނާ އެ މަންޒިލަށް އަހަރެން ގެންދިއުމުގެ މަސައްކަތް ފެށިއެވެ. ކާރު ދުއްވާލިއެވެ. 

އަހަރެންނަކީ އާންމުކޮށް ނޭންގޭމީހުންނާ ވާހަކަ ދައްކާ މީހެއް ނޫނެވެ. އެހެންކަމުން އަހަރެން އިނީ ފޯނުން ފޭސްބުކް ހާވާށެވެ. ޓެކްސީ ޑުރައުވަރު އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ.

އާންމުކޮށް ޓެކްސީ ދުއްވަން ތިބޭ މީހުންނަކީ ވާހަކަ ދައްކާ ބަޔަކަށް ވާތީ އެއީ އާދައިގެ ކަމެއްކަމަށް ހީކޮށްލުމަށް ފަހު އެމީހާ ކުރި ސުވާލު ތަކަށް އަހަރެން ދިޔައީ ޖަވާބު ދެމުންނެވެ. އަހަރެންނަކީ ކޮން ރަށެއްގެ ކުއްޖެންތޯ އަހާ ރަށުގެ ގިނަ ވާހަކަތައް އެމީހާ ދެއްކިއެވެ.

ދެން އެމީހާ ދެއްކި ވާހަކައިން އަހަރެންގެ ސަމާލުކަން އޭނާއަށް ލިބުނުނެވެ. އަހަރެންގެ ހުއްނަނީ 5 ކޮއްކޮ ދޯ އެކޭ އޭނާ ބުންޏެއެވެ. އެހެން ބުނުމާއެކު އަހަރެންގެ ގައިން ހީ ބިހި ނަގައިގެން ދިޔައެވެ. މި މައުލޫމާތަކީ އަހަރެން އޭނާ އަށް ދިން މައުލޫމާތަކަށް ނުވާއިރު އޭނާއަށް މިކަން އިގުނީ ކިހިނެއް ހެއްޔެވެ. އެކި ސުވާލުތަކުން ބިރުން ހިތް ފުރި ބަންޑުންވާން ފެށިއެވެ. އެއީ އަަހަރެންނަށް ފާރަލާ މީހެއް ބާއޭ ވެސް ހިތައް އެރިއެވެ. 

ދެން އޭނާ ދެއްކި ވާހަކައިން އަހަރެންގެ މޭގަނޑު އަތަށް އައެވެ. އެ ވާހަކަތަކާއެކު އެއީ އިންސާނެއް ނޫންކަން އަހަންނަށް ޔަގީންވިއެވެ. އެއީ އަަހަރެންގެ އަމިއްލަ ނަފްސަށް ނޫނީ ނޭނގޭނެ ވާހަކައެއް އޭނާ ބުނުމުންވެ. އޭނާ އެބުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށްވެސް ސިއްރުކޮއްފައިވާ ކަމެއްގެ ވާހަކަ އެވެ. އަހަރެންގެ އަނގައިން ބަސް ހުއްޓުނެވެ. އެއީ އިންސާނެއް ނޫންކަން އަހަންނަށް ޔަގީންވިއެވެ. 

އަހަރެންގެ ހަޔާތުގެ އެންމެ ތުއްތު އިރުން ފަށައިގެން ދިމާވެފައިވާ ހުރިހާ ކަމަކާއި އަހަރެން ސިއްރުކޮށްފައިވާ އެތައް ވާހަކައެއް އެއްވެސް އޮޅުމެއްނެތި އޭނާ ދިޔައީ އަހަރެންނަށް ކިޔާދެމުންނެވެ. ބުނާނެ އެއްޗެއް ނޭންގިފައި އަހަރެންނަށް އިނދެވުނީ ސިހުމެއްގެ ތެރޭގައެވެ.

މީގެއިތުރުން އަހަރެންގެ ލޯބިވެރިޔާގެ ވާހަކަ އާއި އަހަރުމެން ދެ މީހުން ގެ ބައްދަލުވުންތަކުގެ ވާހަކަ އެންމެ ކުޑަ ތަފްސީލާއެކު އޭނާ އަހަރެންނަށް ދިޔައީ ކިޔައިދެމުންނެވެ. އަހަރެން ހިތުގައި ބިރުވެރިކަމުގެ ވަކިތައް ދިޔައީ ބާރަށް ހިފަމުންނެވެ. ދެން އޭނާ ބުނި ވާހަކައިން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވިއެވެ.

އޭނާ ބުނީ އެއްރެޔަކު ރަށުގައި އަހަރެން ލޯބިވެރިޔާއާ ވަލުފަރާތުން ބައްދަލު ކުރިއިރު އަހަރުމެންގެ އިތުރުން އެތާގައި އެހެން މަހުލޫގެއްވެސް ޝާމިލް ވާކަމަށެވެ. އަދި އަހަރެން އެއްލި ގާބުރިއެއް އޭތި ގައިގައި ނުޖެހި ދިޔައީ ހަމަކިރިޔާކަމަށެވެ. ޖެހުނު ނަމަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވީހެވެ.

އަހަރެން އިނީ ބިރުން ފިއްކަނޑައިގެން ގޮސްފައެވެ. މި ހުރިހާ މައުލޫމާތެއް އޭނާއަށް އެނގުނު ގޮތަކާ މެދު ހައިރާންވެފައެވެ. ހަމަ ގައިމުވެސް އިންސާނަކަށް އެ ސިއްރު ތަކެއް ނޭނގޭނެއެވެ. 

އަހަރެން ފޯނުން ގަޑި ބަަލައި ލީމެވެ. ތިރީހަކަށް މިނެޓު ވީއެވެ.  އަދި ވެސް ވާރޭގެ ތިކިތައް ދަނީ މާލޭގެ މަތުތައް ފެން ބޮޑު ކުރަމުންނެވެ. 

ފޯނުން ގަޑި ބަލާލުމަށް ފަހު އިސްއުފުލާލިއިރު ކާރު އޮތީ އަހަރެން ގެ މަންޒިލް ކުރިމަތީގައި އަވަހަށް ލާރި ދިނުމަށް ފަހު ކާރުން ފޭބީމެވެ.

އޭރު އަރާޝް ހުރީ އަހަރެންގެ އިންތިޒާރުގައި އެތާ ކުރިމަތީގައެވެ. ފަހަތް ބެލުމެއް ނެތި އަހަރެން އެ ރެސްޓޯރެންޓް ތެރެއަށް ވަދެ ހަމަޖެހިލީމެވެ. އަދި އަހަރެންނަށް ދިމާވި އެ ހާދިސާގެ ވާހަކަ އޭނާއަށް ކިޔައިދިނީ މެވެ. އަރާޝް ވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ނަމަވެސް އަހަރެނަށް ވެފައި ހުރި ގޮތް ފެނިފައި އޭނާ އެކަން ގަބޫލު ކުރިއެވެ.

ކޮފީ ނިންމާލުމަށް ފަހު އަރާޝް އަހަރެން ގެޔަށް ލައިދިނެވެ. ގެޔަށް ދިޔަގޮތަށް އަހަރެން ނަމާދު ކުރުމަށް ފަހު ގުރުއާން ވެސް ކިޔެވީމެވެ. އަދި އެރޭ އަހަރެންނަށް ނިދުނީ ވެސް ގުުރުއާން އަޑު އަހަން އޮށްވައެވެ.

އޭގެ ފަހުން ކާރަކަށް އަހަރެން އެކަނި ދުވަހަކުވެސް ނާރަމެވެ. އަދި ބަރާބަރަށް ނަމާދު ކޮށް ގުރުއާން ކިޔަވާ މީހަކަށް އަހަރެން ވީމެވެ. އަދިވެސް އަހަރެންގެ ހިތުގައި އެދުވަހުގެ އެ ބިރުވެރި އަދި ހައިރާން ކުރަވެނި ހާދިސާ އިއްޔެ ވީކަމެއްހެން ހަރުލާފައި އެބަހުއްޓެވެ.

34%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް