ads
އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ ކުރިިއަރާނެ: މިނިސްޓަރު
2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ ކުރިއަށްދާނެ އަހަރެއް ކަމުގައި ލަފާކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އިންތިޒާމް ކުރި "ސެވަންތް ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ" ގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު މައުސޫމް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކަވައިފަ އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އުންމީދަކީ ކައިރި މުސްތަގްބަލެއްގައި ކޮވިޑް-19 އަށް ތައާރަފްވަމުންދާ ވެކްސިންތައް ދުނިޔޭގައި ބޭނުންކުރެވެން ފެށި، މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓުތަކުގައި ދިމާވާ ދަތިތަކުން އަރައިގަތުން ކަމަށެވެ.

ޔޫއެންޑަބްލިއުޓީއޯ އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޖަމިއްޔާގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލި އާއި، އެ ޖަމިއްޔާގެ އެގްޒެކްޓިވް ކައުންސިލްގެ ޗެއާ ނަޖީބް ބަލާލާ އާއި، އައިސީސީގެ ސެކްރެޓަރީ ޖެނެރަލް ޖޯން ޑެންޓަން އާއި، އައިސީއޭއޯގެ ސެކްރެޓަރީ ޖެނެރަލް ފާން ލިއުގެ އިތުރުން މެމްބަރު ގައުމުތަކުގެ ފަތުރުވެރިކަމުގެ މިނިސްޓަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

"ސެވަންތް ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ" އަކީ ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކަށް ފަތުރުވެރިކަމަށް ދިމާވާނެ ކަންތައްތައް ދިރާސާކޮށް ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ކޮމިޓީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް