ads
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ-- ފޮޓޯ: ދަ ނޭޝަނަލް
ބޮޑުވަޒީރު ރަނިލް މިއަދު އިސްތިއުފާ ދެއްވަނީ
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ލަންކާގެ އާ ރައީސް ގޮޓަބޭ ރާޖަޕަކްސަގެ ސަރުކާރަށް ފުރުސަތު ދިނުމުގެ ގޮތުން ރަނިލް އިސްތިއުފާ ދެއްވުމަށް ބައެއް ސިޔާސީ ފަރާތްތައް ވަނީ ގޮވާލައްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރަނިލް ވަނީ އިއްޔެ ގޮޓަބޭއާ ބައްދަލުކުރައްވާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މިއަދު ހަވީރު ހާއްސަ ކެބިނެޓު ބައްދަލުވުމެއްގައި ރަނިލްގެ އިސްތިއުފާ އިއުލާން ކުރައްވާނެ އެވެ.

އެއަށްފަހު ރައީސް ގޮޓަބޭގެ ކެބިނެޓު އެކުލަވާލާނެ އެވެ. ނަމަވެސް ފުރިހަމަ ސަރުކާރެއް އެކުލަވާލެވޭނީ އަންނަ މާޗް 1 ގައި ގާނޫނު ހަދާ މަޖިލިސް އުވުމަށް ފަހުގަ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ސަރުކާރު އެކުލަވާލުމުގައި އިސްކަމެއް ދޭނީ ގޮޓަބޭގެ ކެންޑިޑެސީއަށް ތާއީދު ކުރި ޕާޓީތަކަށެވެ. އަދި ކެބިނެޓުގައި 15 މެމްބަރުން ތިބޭނެ ކަމަށް ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް