ads
ފޮޓޯ:ހަމަ.އެމްވީ
އެމްޑީޕީގެ ދެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ތިން ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތިން ކެނޑިޑޭޓަކާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތިން ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ އިތުރު 12 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން އެމްޑީޕީ ގެ ދެ ކެނޑިޑޭޓަކާ، ޕީޕީއެމްގެ ތިން ކެނޑިޑޭޓެއް އަދި އެމްޑީއޭގެ އެއް ކެނޑިޑޭޓެއްގެ އިތުރުން އަމިއްލަގޮތުން ކުރިމަތިލާފައިވާ ފަސް ކެނޑިޑޭޓަކުވެސް ވަނީ ނަން އަބުރާ ގެންގޮސްފައެެވެ. 

އީސީން މިއަދު އާއްމުކޮށްފައިވާ ނަންތަކަށް ބަލާއިރު އެމްޑީޕީން ނަން އަބުރާ ގެންގޮސްފައިވާ ކެނޑިޑޭޓުންނަކީ، ދ. މާއެނބޫދޫ ކައުންސިލްގެ މެންބަރު ކަމައަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެކެވެ.

އަދި ޕީޕީއެމްއިން ނަން އަބުރާ ގެންގޮސްފައިވާ ކެނޑިޑޭޓުންނަކީ، ކ. ހިންމަފުށީ ކައުންސިލްގެ މެންބަރު ކަމައަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، އަދި ހަމަ އެ ރަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެއްގެ އިތުރުން، ރ. އިނގުރައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެކެވެ.

އޭގެ އިތުރުން އެމްޑީއޭ އިން، މާއެނބޫދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ނަން އަބުރާ ނަގާފައިވާއިރު، އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ށ. ފުނަދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ މެންބަަރަކާއި، މ. ނާލާފުށީ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ މެންބަަރަކު ވަނީ ނަންއަބުރާ ގެންގޮސްފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަބުރާ ގެންގޮސްފައިވަނީ، ށ. ފީވަކު ކެނޑިޑޭޓަކާއި އަދި ހދ. ނޭކުރެންދޫގެ ތިން ކެނޑިޑޭޓެކެެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލި ފަހުން މިހާތަނަށް ޖުމުލަ 38 ކެނޑިޑޭޓަކު ވަނީ ނަން އަބުރާ ގެންގޮސްފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންނެވެ. އެގޮތުން މިއަދު ނަން އަބުރާ ގެންގޮސްފައިވާ ދެ ކެނޑިޑޭޓުންނާއިއެކު މިހާތަނަށް އެމްޑީޕީގެ ޖުމުލަ 16 ކެނޑިޑޭޓަކު ވަނީ ނަން އަބުރާ ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް