އަހަރެންނަކީ ރޫހާނީ ބާރުތަކަކީ އުޅޭ އެއްޗެއްކަން ގަބޫލު ކުރާ މީހެށް ނުނޭވެ. ނަމަވެސް އަހަރެންގެ މި ވިސްނުން ބަދަލް ކޮއްލީ އަހަރެންނަށް ދިމާވި ހާދިސާއެއްގެ ސަބަބުންނެވެ.
އަހަރެންނަކީ އާދައިގެ ޓެކްސީ ޑުރައިވަރެކެވެ. އާއިލާ ގޮވައިގެން މާލޭގައި ދިރިއުޅުމަށް އަހަރެން ކުރާ މަސައްކަތަކީ އެއީއެވެ. އަހަރެންގެ ތިން ދަރިންނަށް ދާ އޮހޮރުވައިގެން އަހަރެން އެ ކުދިން މޮޅެތި ބަޔަކަށް ހެދުމުގެ ފޮނިކަން މިއަދު އަހަރެންނަށް ލިބެމުން ދެއެވެ. ނަމަވެސް މަސައްކަތެއް ނުކޮށް ހުރުމަކީ ހަރެން ފޫލވާ ކަމަށް ވާތީ އަހަރެން ޓެކްސީ ދުއްވަން ކޮންމެ ދުވަހަކު ދަމެވެ.
އާންމު ކޮށް ޓެކްސީކޮށް ނިންމައިފައި ގެޔަށް ދާއިރު ހުންނަނީ މެންދަމް ވެފައެވެ. އެ ރެޔަކީވެސް ލަހުން ނިމުނު ރެޔެކެވެ.
އަހަރެންގެ އެންމެ ފަހު ޕަސެންޖަރުން ގޮވައިގެން އހަރެން ދިޔައީ ހުޅުމާލެއަށް އެމީހުންގެ މަންޒިލަށެވެ. އެމީހުން ބުނި ތަނަށް ބޭލުމަށްފަހު އަހަރެން މިސްރާބު ޖެހީ މާލެއަށް އަހަރެންގެ ގެޔަށް ދިއުމަށެވެ. އޭރު ގަޑިން މެންދަމުން އަލިވެ 1:00 ޖަހާބޮޑުވެއްޖެއެވެ. ހައިވޭގައި އެއްވެސް މީހެން ލޮލުގެ ކޮޅަށްވެސް ފެއްނާކަށް ނެތެވެ.
ކާރުގެ ބިއްލޫރިގަޑު ތިރިކޮއްގެން އަހަރެން އަހަރެންދިޔައީ ކާރު މަޑު ދުވެލީގައި ދުއްވަމުންނެވެ. މެންދަމުގެ ފިނި ރޯޅިތަށް ކާރުގެ އެތެރެއަށް ވަންނަމުން ދިޔައީ އަހަރެންގެ ހިތް އުފާ ކޮއްދެމުންނެވެ. މެންތަމުގެ މި ހިތްގައިމު ކަމަށް އަހަރެންގެ ހިތުން ތައުރީފުކުރީމެވެ. މާހައުލަށް އިރު ފުރުހަމަ ކަމެށް ގެނެސްދީފައި ވަނީ ރޭޑިޔޯއިން އަންނަމުން ދިޔަ ރީތި ލަވައިގެ ސަބަބުން ނެވެ. ހިޔާލީ ދުނިޔެ ތެރެއަށް ގެބިފައި އަރެނަށް އިދެވުނެވެ.
ކުއްލިޔަކަށް އަހަރެން ހިޔާލުތަކުން އެއްކިބާ ކޮއްލީ އިވުން ބާރު އަޑެށްގެ ސަބަބުންނެވެ. މާބޮޑު ސަމާލުކަމެށް ނުދީ އަހަރެން ދިޔައީ ކާރު ދުއްވަމުންނެވެ. މިހާރު ހައިވޭނެ މެދަކާ ހަމަޔަށް އަހަރެންނަށް ވަނީ އާދެވިފައެވެ.
އަނެށްކާވެސް އަހަރެންނަށް އެއަޑު އިވިށްޖެއެވެ. ކުރިޔަށްވުރެ ކައިރިން އަދި ސާފުކޮށެވެ. މީހަކު އަތްތިލަ ބަޑި ޖަހާ އަޑާ އެ އަޑު ވައްތަރެވެ. އަހަރެން އެ އަޑު އައި ތިމާލަށް ބަލާލީމެވެ. އެއީ އަހަރެންގެ ވާތްފަރާތުން އިވުނު އަޑެކެވެ.
އަހަރެން އެތިމާލަށް ބަލާލިއިރަށް އަހަރެންގެ ހިތަށް ހީވީ ހޫނުފެން އެއްޗެށް އޮއްސާލިހެންނެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އެތިމާލު މަދުމަތީގައި ހުރީ ރަތްކުލައިގެ އާދައިގެ ހެދުމެށް ލައިގެން ހުރި ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ އިސްތަށިގަޑު އޭނާގެ ފަޔާ ހަމަޔަށް އަރައެވެ. މޫނު މަތި ސާދާވެފައި އެހާ ދޮނެވެ. އެކުއްޖާ ހުރީ އަހަރެންނަށް ބަލަހަށްޓައިގެން ހިނިތުން ވެލައިގެންނެވެ.
އަހަރެންގެ ހިތަށް އެންމެ ފުރަތަމަވެސް ވަނީ ބިރިވެރިކަމެވެ. ދެން އުފެދުނީ ސުވާލުތަކެ ކެވެ. މިޔޮއްދަންވަރު އެކުއްޖާ އެތާގައި އެ ކުރަނީ ކީތޯ އަހަރެންގެ ހިތަށް އެރިއެވެ. މިގަޑީގައި އެތާގައި އިންސާނެށް ނުހުއްނާނެކަން އަހަރެންނަށް އިގެއެވެ.
ސްފީޓް ބްރޭކަށް ބާރާށް ފައިން ފިތާލުމަށް ފަހު އެކުއްޖާ ފަހަނަ އަޅާ އަހަރެން ދުއްވާލީމެވެ. ރޯމަހެށް ތެޅޭހެން އަހަރެންގެ ހިތް ނެގި އެނިފައި ތެޅެމުން ދިޔައެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް ގެޔަށް ދާށެވެ. ނާމާން ކަމުގެ އިހްސާސް މުޅި މާހައުލުން އަހަރެންނަށް ލިބެމުންދިޔައެވެ.
ބުރިޖްއާ އަރާ ހަމަވިއިރު ޓްރެފިކް ލައިޓް ހުރީ ރަތް ވެއްފައެވެ.އެހެން ކަމުން އަހަރެން ހުރީ ފެހި ވާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. އަހަރެން ގެ ނަޒަރު ހުރީ ބުރިޖާ ދިމާލަށެވެ.
ކުއްލިޔަކަށް މީހަކު ކަރު ކެހެލި އަޑަށް އަހަރެން ބަލާލީމެވެ. އެ ކުއްޖާ ހުރީ ޓްރެފިކް ލައިޓްގައި އަތް ވިއްދައިލައިގެން އަހަރެންނާ ދިމާލަށް ހިނިތުންވެ ހުރެ ބަލާށެވެ. އެކުއްޖާ އަހަރެންނާ ދިމާލަށް ހަނާއަޅައިލިއެވެ. އަހަރެން ހުރީ ބިރުން ތުރުތުރު އަޅައެވެ. ހިތަށް އެރިހާ ހެޔޮއެއްޗެށް ކިޔަމުން އަހަރެން ދުވާކުރަމުން ދިޔައީމެވެ.
އަހަރެންގެ ނަސީބުކަންނޭގެއެވެ. އެ ކުއްޖާ އަހަރެންގެ ކާރާ ދިމާލަށް ހިގައިގަން ވަދުތު ލައިޓް ފެހިވިއެވެ. ލެވުނުހާބާރެއްލާފައި އަހަރެން ކާރު އަވަހަށް ދުއްކާލީމެވެ.އޭރުވެސް އަހަރެންގެ ދެއަތް ދިޔައީ ހިފެހެއްޓުމެށްނެތި ތުރުތުރު އަޅަމުންނެވެ.
ދިޔަގޮތަށް އަހަރެން ދިޔައީ ގެޔަށެވެ. އޭރު އަހަރެން ހުރީ ހުންއައިސްގެން ގޮސް މީހާ އެއްކޮށް ފިހޭވަރު ވެފައެވެ. މި ހުރިހާ ވާހަކައެއް އަހަރެންގެ އަންހެނުންނަށް ކިޔާދިނީމެވެ.އޭނާ ވެސް ހުރީ ވަރަށް ބިރުންނެވެ. އަހަރެން ފެންވަރައިގެން ވަގުތުން ނަމާދު ކުރީމެވެ. އަދި އަހަރެން ނިދީ އެރޭ ހަށިރަށްކާ ތެރި ކުރުމަށް ހުށްނަ ގިނަ ދުއާ ތަކެށް ކިޔައިގެންނެވެ.
އޭގެ ފަހުން އަހަރެން ދުވަހަކުވެސް 10 ގެ ފަހުން ހުޅުމާލެއަކަށް ނުދަމެވެ. އަދި ބަރާބަރަށް ނަމާދުކޮށް އަބަދުވެސް އަހަރެން ދުއާކިޔަމެވެ.
މިއީ ގަބޫލުކުރަން ދަތި ނަމަވެސް ހަގީގީ ވާހަކައެވެ.