ads
ވީޑިއޯ ރިޕޯޓް-
އުތީމް ގަނޑުވަރު ވަޅުން ފެންބޮވޭނީ ކޮވިޑަށް ފަހު!
ހއ. އުތީމް ގަނޑުވަރަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރެއިން މުހިންމު ތާރީހީ ރަމްޒެކެވެ. އެ ތަނުގެ މުއްސަނދި ތާރީހުގެ ސަބަބުން އެތަނަކީ ފަތުރުވެރިނާއި އުތީމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައިވެސް މަޝްހޫރް ތަނެކެވެ.
Advertisement

އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ މާރިޗް މަހުގެ 19 އިން ފެށިގެން ވަގުތީ ގޮތުން އުތީމު ގަނޑުވަރު އޮތީ ބަންދުކޮށްފައެވެ. އެޔަށްފަހު ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހު އަލުން ގަނޑުވަރުގެ ހިދުމަތް ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިހާރު ވަނީ ބުނެފައެވެ. 

ގާތްގަނޑަކަށް އަށް މަސްފަހުން އަލުން ގަނޑުވަރު ހުޅުވާލަން ނިންމާފައިވާއިރު، މިހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނީ ދިވެހިންނަށެވެ. ބިދޭސީންގެ ތެރެއިން އެފުރުސަތު ލިބޭނީ ރާއްޖޭގައި ވަޒަންވެރިވެގެން ދިރިއުޅޭ ބިދޭސީންނަށާއި، ވާކް ޕާމިޓް އޮތް ބިދޭސީންނަށެވެ. އަދި ފުރަ ބަންދުކޮށްފައިވާ އެއްވެސް ތާކުން އަންނަ މީހަކަށް އެ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ. 

މިހާލަތުގައި ގަނޑުވަރު ހުޅުވާލި ނަމަވަވެސް އާ އާންމު ހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ މެހްމާނުން ޢަމަލުކުރަންޖެހޭ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. މިހާލަތުގައި ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރުގެ ވަޅުތަކުން ފެން ބޭނުންކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އެކަން އެގޮތަށް ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އުތީމް ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާދަމް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެވަޅަކީ ޒިޔާރާތްކުރާ ގިނަ ބަޔަކު ފެން ބުއިމަށް ބޭނުންކުރާ ތަނެއްކަމަށާއި ހާއްސަކޮށް ފެންބޮއި ހަދަނީ ދާނިން ކަމަށް ވުުމުން އެއީ މިހާލަތުގައި އެންމެ ރައްކާތެރިގޮަތަށް ނުވާތީ ވަޅުން ފެންބުއިން މިވަގުތައް މަނާކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވުމުން އެވަޅު ބޭނުންކުރުމުގެ ހުއްދަ އަލުން ދޭނެކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ. 

your imageހއ. އުތީމް ގަނޑުވަރުކޮޅު ވަޅު---ފޮޓޯ: ސީއެންއެމް

ގަނޑުވަރުގެ ވަޅުކޮޅަކީ އޭގައި ތާރީހީ އެތަށް ކަމެއް އެކުލެވިގެންވާ ތަނެކެވެ. ގަނޑުވަރަށް ޒިޔާރާތްކުރާ ގިނަ ބަޔަކު އެތަނަުގެ ވަޅުން ފެން ބޮައި ހަދައެވެ. އަދި އެކަން އެގޮތަށް ހިނގަމުން އަންނަނީ ކާބަފައިން ޒަމާނުންސުރެ ގާބޫލްކުރާ ހާއްސަކަންތައްތަކެއް އެކުލެވޭތީކަމަށް ތުންތުން މަތިން ވާހަކަދެކެވެއެވެ. 

އެ ވަޅުގެ ތާރީހާއި ބޭހޭ މައުލޫމާތު ސީއެމްއާއި ހިއްސާކުރައްވަމުން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓާ މުހައްމަދު ޝިޔާމް ވިދާޅުވީ އެވަޅުން ފެން ބޭނުންކުރަނީ އެންމެކުރީ ޒަމާނުންސުރެ ކާބަފައިން ގަބޫލުކުރަމުން އާ ގަބޫލްކުރުންތަކުގެ ސަބަބުން ކަމަށާއި އެހެންނަމަވެސް މިހާރު އެކަން އެގޮަތަށް ކުރަމުންދަނީ ސަގާފަތެއްގެ ގޮތުންކަމަށެވެ. 

" އެގޮތަށް އެދެކެވިފައި ހުންނަނީ ގަނޑުވަރު ވަޅުން ފެންބޮއިފިއްޔާ އަނެއްކާ އަލުން ގަނޑުވަރަށް އާދެވޭނެއޭ. އެއީ ގަބޫލް ކުރާއެއްޗެއް ގޮތަށް އެކަން ފެށިފައި އިންނަނީ އެކަމަކު މިހާރު އޭތި ގަބޫލެއް ނުކުރާނެ. މިހާރު ދެން ނަދުރުބުނުމުގެ ކަންތައް ސަރުކާރުންވެސް އިންނަނީ މަނާކޮށްފަ. " އެސިސްޓެންޓް ޑިރެކްޓާ މުހައްމަދު ޝިޔާމް ވިދާޅުވިއެވެ

ރާއްޖޭގެ ތާރީހަށް ބަލާއިރު އެންމެ ކުރީ ޒަމާނުންސުރެ މީހުން ދިޔައީ ނަދަރު ބުނެ އެކި ކަންތައް ކުރަމުންނެވެ. އަދި އެ ގަނޑުވަރުގައިވެސް ނަދަރު ބުނެ މީހުންނަށް ކަންތައްތައް ކޮށްދީފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ކުރީގައި ނަދުރު ބުނެ ފައިސާދިނުމާއި، ކުޑައިރު ކުދިން ކޭލާ ކިރުމާއި ކަންޖާ ކިރުންވެސް އެ ގަނޑުވަރުގެ ތެޜޭގައި ދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް ފަހުން ސަރުކާރުން ވަނީ ނަދަރު ބުނުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެޔާއިއެކު ގަނދުވަރުގައި ނަދަރު ބުނުން ހުއްޓިގެންދިޔައެވެ. އެހެންނަމަވެސް ވަޅުން ފެން ބުއިމުގެ ސަގާފަތް އަދިވެސް ދެމި އެބައޮތެވެ. 

" ކުރީގަ ހަމަ ދީނީ ކަމެއްގެ ގޮަތަށް ވިސްނާގެން މީހުން އެކަންކަން ކުރަމުންދިޔައީ އެކަމަކު މިހާރު މީހުންގެ ވިސްނުން ވެސް ވަރަށް ބޮޑަށް ބަދަލުވެފަތާ މިއޮޓީ އެހެންވީމަ އެކަންތައްތަކެއް މިހާރު މީހުން ގަބޫލެއް ނުކުރާނެ އަދި އެގޮތަށް އެކަމެއް ނުވެސް ކުރާނެ. އެނިޔަތުގަ އެއްވެސް މީހަކަށް އަޅުގަނޑުމެން އެ ފުރުސަތެއް ނުދެން. މިހާރު ކުރަނީ ސަގާފަތެއްގެ ގޮތަށް. ދެން މިހާރު އާއްމުކޮށް ކޮންމެ ބީހެއވެސް ބޭނުންވޭ ގަނޑުވަރަށް އާދެވުނީމަ ވަލުގެ ފެން ރަހަބަލާލަން.ބައެއް ބޭފުޅުން ވިދާޅުވެ މި ފެން ހަމަ ވަރަށް ތަފާތޭ ވަރަށް މީރުކަމަށް އެންމެންވެސް ކިޔަނީ " އެސިސްޓެންޓް ޑިރެކްޓާ މުހައްމަދު ޝިޔާމް ވިދާޅުވިއެވެ

ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ހުންނަ ފެންވަޅުތަކުގެ ރަހާއި އުތީމް ގަނޑުވަރުގެ ފެންވަޅުކޮޅުގެ ރަހަ ވަރަށް ބޮޑަށް ތަފާތުވެ އާދަޔާ ހިލާފަށް މީރުކަމަށް ގިނަ ބަޔަކު ބުނެެއެވެ. އެކަން އެގޮތަށް ވަނީ އެ ގަނޑުވަރު ހުންނަނީ އާއްމުން ދިރިއުޅޭ ސަރަހައްދާއި ވަރަށް ދުރު ސަރަހައްދަކަށް ވުމުން ބިމު އަޑީގައި ހުންނަ ފެން ތާޒާ ވުމުގެ ސަބަބުންކަން ފާހަގަކުރެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

your imageހއ. އުތީމް ގަނޑުވަރުކޮޅު އެތޭރޭގައި ހުންނަ ވަލޫކޮޅުގެ އެތެރެ---ފޮޓޯ: ސީއެންއެމް

އެހެންނަމަވެސް މި ސަގާފަތްވަނީ ކޮވިޑް-19 އާއި އެކު ހުއްޓުމަކަށް އައިސްފައެވެ. އަދި އަށް މަހަށް ފަހު ގަނޑުވަރުކޮޅު އާއްމުންނަށް ހުޅުވާލެވިގެން ދިޔަޔަސް ވަޅުން ފެން ބޭނުންކުރުމުގެ ފުރުސަތަު މިއޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެވެންދެން ހުއްޓުމަކަށް އަތުވެފައެވެ.

މިހާލަތުގައި ގަނޑުވަރު ހުޅުވާލި ނަމަވަވެސް ގަނޑުވަރާއި ހަނދާނީ މަރުކަޒަށް ވަދެވޭނީ މާސްކް އަޅައިގެންނެވެ. އަދި ގަނޑުވަރާއި މަރުކަޒުގެ އެތެރޭގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް ހުންނަންވާނީ މާސްކް އަޅައިގެންނެވެ. އަދި ވަނުމުގެ ކުރިން އަތް ދޮވުމާއި ނުވަތަ ހޭންޑް ސެނެޓެއިޒާ އިން އަތް ސާފުކުރުމުގެ އިތުރުން އަބަދުވެސް ތިން ފޫޓުގެ ދުރުމިން އިހްތިޔާރުކުރަން ޖެހޭ ގޮތަށް އުސޫލްތަކެއް ވަނީ ކަނޑައަޅާފައެވެ. 

ގަނޑުވަރަށް ޒިޔާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކާނީ ހެނދުނު 8:15 އިން މެންދުރުފަހު 13:00 އަށެވެ. މަރުކަޒުން ބުނީ މިހާލަތުގައި ގަނޑުވަރަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން ޒިޔާރަތްކުރަން ބޭނުންވާ ދުވަހުގެ އެއް ދުވަސް ކުރިން އެ މަރުކަޒަށް ގުޅާ އެޕޮއިންޓްމަންޓް ހައްދަންވާނެ ކަމަށާއި އެޕޮއިންޓްމަންޓް ނޯޓް ކުރާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:30 އަށް އެމަރުކަޒުގެ ނަމްބަރު 3340255 ނުވަތަ 3340254 ކުން ކަމަށެވެ. ދުވާލެއްގެ މައްޗަށް ދޫކުރާނީ ގިނަވެގެން 50 އެޕޮއިންޓްމަންޓެވެ. އިތުރު ފުރުސަތު ދެވޭނީ ވަގުތު އޮތްވަރަކަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.  

އުތީމު ގަނޑުވަރަކީ ހުސައިން ހަބީބު ތަކުރުފާނު އުޅުއްވި ގެކޮޅެވެ. އުތީމު ތިންބެއިންނާއި ފާތިމާފާނު އުޅުއްވާ ބޮޑުފުޅުވީ މިގެކޮޅުގައި އެވެ. މިގެކޮޅު ބިނާކުރެއްވި ވަކިތާރީހެއް ކަނޑައެޅިގެން އެނގޭކަށްނެތެވެ. ނަމަވެސް އިމާރާތްކުރެވުނުނީ އައްސުލްތާން ކަޅުމުހައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރުގައި އެވެ. އިހުގައި މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައިހުރީ  ބިމަށް ކާނިމުޑިޖަހައި ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި  އަރިވަކަރު އަޅައި އެވަކަރުތަށް މެއްލަގަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ނަމަވެސް ދަމާދޮރު ލާފައިހުރި ބިތްތައް މިހާރުވެސް ފެންނަން އެހުރީ އޭރު ހުރިގޮތަށް ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައިހުރީ ބިތްފަނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް