ads
މެމްބަރު އަހުމަދު ހަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ޔާމީން ޖަލުގައި އޮންނަވާކަށް ބޭނުމެއް ނޫން، ދެރަވޭ: ދޮންބިލެތް
ރައީސް ޔާމީން ޖަލުގައި އޮންނަވާކަށް ބޭނުންފުޅު ނުވާ ކަމަށާއި، އެކަނިކުފާނު ޖަލުގައި އޮންނަވާތީ ދެރަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެ އެވެ.

"ޗެނަލް 13" އިން ގެނެސްދޭ "ތަރާދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނުގެ ގާތް އެކުވެރިއެއް ކަމަށާއި، އެމަނިކުފާނު ޖަލުގައި އޮންނަވަން ބޭނުންފުޅު ނުވާކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި އޮންނަވާތީ އެކަމާއި ދެރަވާކަމަށް ވެސް ދޮންބިލެތް ވިދާޅުވިއެވެ. 

ދޮންބިލެތް ވަނީ ރައީސް ޔާމީން ޖަލުގައި އޮންނަވާ މައްސަލާގައި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމް ކުއްވެރި ކުރައްވާފައެވެ. ދޮންބިލެތް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނަވާއިރު، ރާއްޖޭގެ އެއްވެސް ޖަމިއްޔާއެއް މެދުވެރިކޮށްވެސް އަދި ބައިނަލްއަގްވާމީ އެއްވެސް ޖަމްއިއްޔާއެއް މެދުވެރިކޮށްވެސް ރައީސް ޔާމީނާއި އެއްކޮޅަށް ބަޔާނެއް ނެރުއްވަން ޕީޕީއެމްއިން މަސައްކަތް ނުކުރާ ކަމަށެވެ. 

"ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވައިގެން އުޅުނުއިރު ކަންވީ އެހެން ނޫން ކަމަށާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުންނާއި ބޭރުގެ އެކި ގައުމުތަކުންވެސް އެމަނިކުފާނާއި އެއްކޮޅަށް ބަޔާން ނެރުއްވި. އެގޮތުން ރައީސް ނަޝީދު ޖަލުގައި އޮންނަވާ މައްސަލާގައި އޭރު އިނގިރޭސި ވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓްވެސް ރާއްޖެ ވަޑައިގެން ދޮރުުގައި ޓަކި ޖައްސަވައި ފޮރިން މިނިސްޓަރު ގޮވައިގެން ވަޑައިގެންނެވި،" - ދޮން ބިލަތް-

އޭނާ ރައީސް ނަޝީދުގެ މައްޗަށް އޭރު ކުރި ޝަރީއަތް ގޯސްކަމަށް ދުނިޔޭގެ އެތައް ޖަމިއްޔާއަކުން ބަޔާން ނެރުއްވި ކަމަށާއި، ނަމަވެސް މިހާތަނަށްވެސް ރައީސް ޔާމީންގެ މައްޗަށް ކުރި ޝަރީއަތް ގޯސްކަމަށް ކަނޑައަޅާފައި ނެތްކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް