ads
ދިވެހި ފަންނާނުންތަކެއް ބޮޑުބެރު ޖަހަނީ-- ފޮޓޯ: ބަނޑޮސް މޯލްޑިވްސް
އޯއައިސީ ރަންޔޫބީލްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފި އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފި އެވެ.

އޯއައިސީގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތް އޮންނާނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި މި މަހުގެ 25 އިން 28 އަށެވެ.

އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ލިބިފައި ވާއިރު، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ކުރި އިއުލާނެއްގައި ބުނީ އެ ހަރަކާތުގައި ބައިވެރިވާ ފަންނާނުންގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ އޯއައިސީން ކަމަށެވެ.

އެ ހަރަކާތުގައި ބައިވެރިކުރެވެނީ ސަގާފީ ހަރަކާތްތަކެއް ހުށަހަޅާދެވޭނެ ގިނަވެގެން 10 ފަންނާނުންގެ ގްރޫޕަކަށެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ބުނީ އެކަމަށް ޝައުގުވެރިވާ ފަންނާނުން މާދަމާގެ 12:00 ގެ ކުރިން ޕާޓިސިޕޭޝަން ފޯމާއި، ޕާސްޕޯޓު ކޮޕީ އަދި ކަލްޗަރަލް އިވެންޓެއްގައި ބައިވެރިވެ ނަގާފައިވާ ގްރޫޕް ފޮޓޯއެއް ހުށަހެޅަން ޖެހޭނެ ކަމަށެވެ.

ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނާއެކު ޕާތިސިޕޭޝަން ފޯމު ހިމަނާފައި ވާއިރު، އިތުރު މައުލޫމާތު ސާފު ކުރުމަށް 3344667 އަށް ގުޅުމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން އެދެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް