ads
ނިއާ--
ނިއާ ބޭނުން ވަނީ ކިޔަވައިގެން ހުރި، ހަރުދަނާ ފިރިހެނެއް
ބޭނުން ވަނީ ކިޔަވައިގެން ހުރި، ހަރުދަނާ ފިރިހެނެއް ކަމަށް މަޝްހޫރު ޓީވީ އެކްޓަރެސް ނިއާ ޝަރުމާ ބުނެފި އެވެ.
ބޭނުން ވަނީ ކިޔަވައިގެން ހުރި، ހަރުދަނާ ފިރިހެނެއް ކަމަށް މަޝްހޫރު ޓީވީ އެކްޓަރެސް ނިއާ ޝަރުމާ ބުނެފި އެވެ.

ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނިއާ ބުނީ އޭނާ މިހާރު ހޯދަމުން ދަނީ ކިޔަވާފައި ހުރި ހަރުދަނާ މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ އަގުވައްޓާލާ، އޭނާ އުޅޭ ގޮތަށާއި ލާ އެއްޗެއްސާ މެދު ހިތްހަމަނުޖެހޭ މީހަކު ބޭނުން ނުވާ ކަމަށް ނިއާ ވަނީ ބުނެފަ އެވެ.

އުމުރުން 28 އަހަރުގެ ނިއާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި ވަނީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ، "އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ" ގައި މާންވީގެ ރޯލުންނެވެ. އޭނާ ވަނީ ކަލާސް ޓީވީން މިހާރު ދައްކަމުން އަންނަ "އިޝްހް މޭ މަރްޖާވާން" ގައި އާރޮހީގެ ރޯލުން ވެސް ފެނިގެންގޮސްފަ އެވެ.

އޭގެ އިތުރުން ނިއާ ވަނީ ވެބްސީރީޒަކުން ވެސް ފެނިގެންގޮސްފަ އެވެ. އަދި ޓީވީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ނިއާއަށް އެ ދާއިރާއިން ބޮޑެތި ކާމިޔާބީތައް ވެސް ލިބިފައި ވެއެވެ. އޭނާ މިހާރު ފެނިގެން ދަނީ "ނާގިން 4" އިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް