އެއީ މީގެ 5 އަހަރު ކުރިއެވެ. އަހަރެން ދިޔައީ ގްރޭޑް 12 ގައި ކިޔަވަމުންނެވެ. އަހަރެންނަކީ އެހެން ކުދިންނާ ތަފާތުކޮށް އަބަދުވެސް ކިޔެވުމަށް އަހަން މިއްޔަތުކަން ދޭ ކުއްޖެކެވެ. އަހަރެންގެ ހުރިހާ ރަހުމަތްތެރިން ލޯބިވެރިން ގެންގުޅުމުން ދިޔަ ނަމަވެސް އަހަރެން އެކަމަކަށް ޝައުގެށް ނުހުރެއެވެ. މިކަމާ ރަހުމަތްތެރިން މަލާމާތާވެސް ވަރަށް ގިނަ ފަހަރު އަހަރެން ކުރިމަތި ލާން ޖެހެއެވެ. ނަމަވެސް އެކަމަށް އެއްވެސް އަޅާލުމެށް ނެތި އަހަރެން ދިޔައީ ގަދަ އަޅާ ކިޔަވަމުންނެވެ.
ޓާމްގެ މެދު އިމްތިހާނު ނިންމާލުމަށް ފަހު އެދުވަހު ވެސް އަހަރެން ދިޔައީ އަވަހަށް ގެއަށް ދިއުމަށެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނު ތަނާ ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ގެއެއްގެ އަސްކަނި ދަށުން އަހަރެން ހިޔާ ހޯދީމިވެ. އެގޮތައް އަހަރެން ހުންނަތާ މިހާރު އެއްގަޑީރަށް ވުރެ ގިން އިރު ވެދާނެއެވެ. އަދިވެސް ވާރޭ ހުއްޓާނެކަމުގެ އެއްވެސް އުންމީދެށް ނެތެވެ.
އަސްކަނި މަތިން ވާރޭގެ ތިކިތަށް ބިމަށް ފައިބާ މަންޒަރަށް ބަލަން އަހަރެންނަށް އިދެވުނީ ގެންލިފައެވެ. އެ ގޮތައް ގެއްލިފައި ހުއްޓާ އެހެން މީހަކު އެތަނަށް އައިކަން ވެސް ނޭންގުނީ އެހެން ވެގެން ކަމަށް ވެދާނެއެވެ.
ކުއްލިޔަކަށް އާލާ އޭ ކިޔާ މީހަކު ގޮވާލި އަޑަށް އަހަރެން ފަހަތް ބަލާލީމެވެ. ކުރިމަތީގައި ހުރީ ވަރަށް ރީތި ފިރިހެން ކުއްޖެކެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ތެމިފައެވެ. ލައިގެން ހުރީ ސްކޫލު ޔުނީފޯމެވެ. އޭނާ ހުރީ އެއްކޮށް ތެމި ފޯވެފައެވެ. އަހަރެންނަށް ކުޑަ އިރުކޮޅަކު އެ ކުއްޖާ އާ ދިމާލަށް އާސޯހުގެ ނަޒަރަކުން ބަލަން އިދެވުނެވެ. ނަމަވެސް އެއީ މީގެ ކުރިން އަހަރެން ދެކިފައިނުވާ ކުއަޖަކަށްވާނީ އޭނާ އަށް ސުވާލުން ފުރިގެންވާ ނަޒަރަކުން އަހަރެން ބަލަން އިނީމެވެ.
އެކުއްޖާ އަށް އަހަރެން "ވާނުވާގަ" ހުރިކަން އެގުނީކަންނޭންގެއެވެ. އޭނާ އަކީ އަދީލް ކަމާއި އޭނާ ކިޔަވަމުން އަންނަނީ އަހަރެންނާ އެއް ގްރޭޑެއްގައި ކަމަށް ބުންޏެވެ. އަހަރެން އާންމުކޮށް ސްކޫލުގައި އުޅޭ ފިރިހެންކުދިންނަށް އެހާ ސަމާލުކަމެށް ނުދެމެވެ. އެހެންވެގެން އަހަރެންނަން ނޭންގުނީކަމަށް ވެދާނެއެވެ.
އަދީލް ބުނިގޮދުގައި އޭނާ ސްކޫލަށް އަންނަން ފެށީ އޭގެ 2 މަސް ކުރިންނެވެ. އެ ހެން ބުނުމާއެކު އަހަރެންގެ ހަދާނަށް އާދިލް ސްކޫލުން ފެންނަ ހަނދާން ވާންފެށިއެވެ. އޭނާ އަށް އަހަރެން އެހެން ވީމައި އިގިދާނެއެވެ.
އަދީލް އަތުގައި ކުޑައެށް އޮތެވެ. އަދި އަހަރެން ގެއަށް ލާދެން ތޯ އޭނާ ސުވާލުކުރިއެވެ. އަހަރެން ފުރަތަ އެކަމަށް އިންކާރު ކުރިމެވެ. ނަމަވެސް އަދީލް ގެ އިންނަނީ އަހަރެންގެ ކައިރީގަ ކަމަށް އޭނާ ބުންޏެވެ. ގެއަށްވެސް ދާން ބޭނުންފައި ހުރިލެއް ބޮޑުކަމުންނާއެކު އަދީއާއެކު ދާން އެއްބަސްވީމެވެ.
އަހަރެންގެ ގެއާ ހަމަވުމުން އަދީލް އަށް ޝުކުރު އަދާ ކުރުމަށް ފަހު އަހަރެން އަވަހަށް ގެއަށް ވަނީމެވެ. އަހަރެންނަށް ނޭންގި ނަމަ ވެސް އަދީލް ގެ ހިޔާލޮ މުޅިރޭ ކުރެވުނެވެ. އޭނާގެ އެރީތި ކަމާއި ހިތްހެޔޮ ކަމަށް އަހަރެންގެ ހިތުން ތައުރީފުގެ ބަސްތަށް އޮހެމުން ދިޔައެވެ.
އޭގެފަހުން ކޮންމެ ދުވަހަކު ވެސް ސްކޫލުން އަދީލްއާ އަހަރެންނަށް ދިމާވިއެވެ. އޭނާގެ ކިޔެވުމަށް ވެސް އަހަރެން ދަނީ އެހީތެރިވެދެމުންނެވެ. މަޑު މަޑުން އަހަރެންގެ ހިތް އަދީލް އަށް ލެނބެން ފެށިއެވެ.
އޭގެ ހަފްތާއަށް ފަހެވެ. އަހަރެން ސްކޫލަށް ދިޔައީ އަދީލް ފެންނާކަމުގެ އުންމީދުގައެވެ. ނަމަވެސް އޭނާ ނުފެނުނެވެ. ބަލިވެގެން ނައީ ކަމަށް ހީކޮށް އަހަރެން އަޅާނުލަމެވެ. ޖެހިގެން އައި ދުވަހު ވެސް އޭނާ ނާދެއެވެ. އެހެން ހަފްތާއެއް ވޭތުވި ފަހުން އަހަރެން ގެ ރަހުމަތްތެރިއަކާއި މިވާހަކަ ހިއްސާ ކުރީމެވެ. އަދީލް ހޯދާނެކަމުގެ އަޒުމް ހިތުގައި ކަނޑައެޅީމެވެ.
އެހެން ކުދިން ކައިރީގައި އޭނަ އަށް ވީގޮތެށް އިގޭތޯ އަހައި ސުވާލު ކުރީމެވެ. ނަމަވެސް އަދީލް ދަންނަ މީހަކާ ދިމައެއް ނުވިއެވެ.
ދަރިވަރުންގެ ވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ. ރަހުމަތްތެރި ޓީޗަރެއް މެދުވެރިކޮށް ވެސް އަހަރެންގެ ގްރޭޑުގައި އަދީލް އުޅޭތޯ ބެލީމެވެ. އަދީލް ކިޔާ ދެ ކުއްޖެއްގެ ފޮޓޯ ރެކޯޑުން ވެސް ބެލީމެވެ ނަމަވެސް އޭގެން އެއްވެސް ކުއްޖަކީ އަހަރެންގެ ހިތުގެ ރަސްކަންކުރާ އަދީލް އެއް ނޫނެވެ.
އެންމެފަހުން މަޑުމަޑުން ސްކޫލު ކުދިންނާއި ރަހުމަތްތެރިންގެ ޖޯކާ މަލާމާތުގެ ބަސްތައް ވެސް ރައްދުވާން ފެށިއެވެ. އަހަރެން "މޮޔައަކަށް" ހަދައިފިއެވެ.
ރަނގަޅު ވާހަކައެވެ. އަދީލް އަށްޓަކާ އަހަރެން ވަނީ މޮޔަވެފައެވެ. ނަމަވެސް އަދީލް ކޮބައިބާއެވެ؟ އަދީލް އަހަންނަށް އެހެން ހެދީ ކީއްވެބާއެވެ؟ އަދީލް އަހަރެން ދެކެ ލޯބި ނުވަނީ ބާއެވެ؟
އަހަރެންގެ ހިތުގައި ސުވާލުމާކުތަށް މާކް އެބުރެންފެށިއެވެ. އަދީލް އަކީ ސްކޫލުގައި އުޅޭ ކުއްޖެއް ނޫންނަމަ އެނާއަކީ ކާކުބާއެވެ؟ އަހަރެންގެ ހިތް ބިރުގަންނަން ފަށައިފިއެވެ. ސުވާލު ތަކާއިއެކު ބިރުން އަހަރެންގެ ހިތް ފުރެމުން ދިޔައެވެ.
އެދުވަހުގެ ރޭގެ ވަގުތެކެވެ. އަހަރެން އިނީ ފޮތްތަށް ހިފައިގެން ފިލާވަޅުތަށް ހަދާށެވެ. ނަމަވެސް އަހަރެންނަކަށް ރަގަނޅަކަށް އެއްވެސް ފިލާވަޅެށް ނުހެދުނެވެ.
ކުއްލިޔަކަށް އަހަރެންގެ ފަހަތުން އަދީލް އަހަރެންނަށް ގޮވާލި އަޑު އަހަރެންނަށް އިވުނެވެ. ސިއްސައިގެން ގޮސް އަހަރެން ފަހަށް ބަލާލީމެވެ. އަދީލް ހުރީ ހިނިތުންވެގެން ހުރެ އަހަރެންނާ ދިމާލަށް ބަލާށެވެ. އެއް އިރެއްގައި އަހަރެންގެ ހިތް އެ ހިނިތުންވުން ކަތިލިއެވެ. ނަމަވެސް އެެރޭ އަދީލްގެ ހިނިތުންވުން އަހަނަށްވީ ބިރުވެރިކަމަށެވެ.
އަދީލް އަކީ އިންސާނެއް ނޫންކަން އަހަންނަން ކަށަވަރުވީ އަހަރެންގެ ކޮޓަރިން އަދީލް ފެނުމުންނެވެ. އަދި ގޭގެ މީހަކަށް ވެސް ހިލަބެއް ނުވެ އަދީލްއަށް އަހަރެންގެ ކޮޓަރިއަށް ވަދެވޭނެ އެއްގޮތެއްވެސް ނޯންނާއެވެ.
އަދީލް ކައިރީގައި ގެއިން ނުކުމެގެން ދިޔުމަށް އަހަރެން އާދޭސް ކުރަން ފެށީމެވެ. ނަމަވެސް އޭނާ އަހަރެންގެ އާދޭސް ތަކަށް ދެމުން ގެންދިޔައީ ބީރު ކަންފަތެވެ. އޭނާ އަކީ ކާކުކަން އަހަރެންނަށް އެރޭ އޭނާ ކިޔާދިނެވެ.
އަހަރެންނަށް ރޮއިރޮއި އިދެވުނީއެވެ. އަހަރެންގެ ހިތް ބިރުން ގޮސް ތެޅެނީއެވެ. ކުރާނެކަމެށް ހަދާނެ ގޮތެށް އަހަރެންނަށް ނުވިސްނުނެވެ. ކުއްލިޔަކަށް އަދީލް އެތަނުން ގެންލުނެވެ.
އަހަރެން އަވަހަށް ކޮޓަރީން ބޭރަށް ގޮސް ސިޓިން ރޫމުގައި އިން އަހަރެންގެ މަންމަ ގައިގައި ބައްދާލުމަށް ފަހު ރޯންފެށިމެވެ. ކިހިނެށް ވީތޯ މަންމަ ސުވާލު ކުރުމުން ގިސްލަ ގިސްލާފައި ވެގެން އުޅުގޮތް މަންމަ އަށް ކިޔާދިނީމެވެ. ވަގުތުން މަންމަ ބައްޕައަށް ގުޅިއެވެ. އަދި ރުގިޔާ ހަދަން މޮޅު މީހެށް ކަމުގައިވާ ހުސެންބެ ގޮވައިގެން އައުމަށް ބުނިއެވެ.
އިރުކޮޅެއް ފަހުން ބައްޕަ ހުސެންބެ އާ އެއްކޮށް ގެއަށް އައެވެ. އަހަރެންގެ އާއިލާގެ ދެތިން ބޭބެ ވެސް އައެވެ. ގަޑިން 20:00 ޖެހިއިރަށް ރުގުޔާ ކުރަން ފަށައިފިއެވެ. އަހަރެން ވަށައިގެން ބޭބެ މެން ތިބީ އަހަރެންގެ ގައިގައި ހިފަހަށްޓައިގެންނެވެ.
ކުއްލިޔަކަށް އަހަރެންނަށް އަދީލް ކުޑަދޮރު ކައިރިން ފެނުފެނެވެ. އަހަރެން ކަރުގެ ބުޑުން ހަޅޭލަވަން ފެށީމެވެ. ހުސެންބި އޭތި އައީހޭ އެހުން އަދީލް އިން ދިމާލަށް އަހަރެން އަތް ދިއްކޮށްލީމެވެ.
ކުއްލިޔަކަށް އަހަރެންގެ ގައަޔަށް ބާރުތަކެށް އަރަންފެށިއެވެ. އިހްތިޔާރެއް ނެތި އަހަރެންގެ އަތާއި ފައި އެބުރެން ފެށިއެވެ. ތަދުވާ ވަރުން އަހަރެން ރޯންފެށީމެވެ
ހުސެންބެ ކިޔެމުން އިތުރަށް ބާރުކޮށްލިއެވެ. އަދީލް ކުޑަ ކަކޫ މައްޗަށްް ވެއްޓުނެވެ. އޭނާ ވޭން އަޅާތީ އުޅޭހެން ތެޅެންފެށިއެވެ. ހަސްންބެ ފެން ކިޔަޔަވާފައި އަދީލް އިން ދިމާލާށް ފެން ޖެހިއެވެ. އަނިޔާ ނުކުރުމަށް އެދި އޭނާ އާދޭސް ކުރަންފެށިއެވެ. ހުސެންބެ އަހަރެން ދޫކޮށްލުމަށް އަދީލް ކައިރީގައި އަމުރުކުރުމުން އަހަރެން ދުވަހަކު ވެސް ދޫނުކުރާނެކަމަށް އޭނާ ބުނަމުން ދިޔައެވެ.
ހުސެންބެއަށް އޭނާ އެންމެ ފަހުން ކިޔަމަންވިއެވެ. އަދި އަދީލް ގަޔަށް އެފެންތަށި އެއްކޮށް އޮސާލިއެވެ. ވަގުތުން އަދީލް ބިރުވެރި ބޮޑު ފުރޭތަޔަކަށް ބަދަލުވެގެން ގިޔައެވެ. އަހަރެންގެ މޭގަނޑު އަތަށްއައެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ.
ހުސެންބެ ގުރުއާނުގެ އާޔަތް ތަކެސް ކިޔުމަށް ފަހު އަހަރެނެގެ ހަށިގަނޑަށް ފުމެލިއެވެ. ވަގުތުން އެ މަހުލޫގު އަނދާ ހުލިވިއެވެ. އަހަރެންގެ ހަށިގަނޑަށް އަހަރެންގެ ބާރު ފޯރަން ފެށިއެވެ. މަންމަ އައިސް އެކަން އެ ނިމުނީ ކަމަށާއި ދެން ނުރުއިމަށް ހިތްވަރު ދިނެވެ.
އަހަރެން ގެ ދިރިއުޅުން އަމާން ވިއެވެ. ނަމަވެސް އަބަދުވެސް ބިރު އަހަރެންގެ ހިތުގައި ހަރުލާފައި ހުރެއެވެ. ދެން އެ މަހުލޫގުގެ އުދަގޫ އަހަރެންނަށް ނުފޯރާނެކަން އެގުނު ނަމަވެސް އަހަރެން އަބަދު ވެސް ހުންނަނީ ސިހުމެއް ތެރޭގައެވެ.
ދިރިއުޅުމަކީ މިކަހަލަ އެއްޗެކެވެ. އިންސާނުން ނޫން މަހުލޫގުންގެ އުނދަގުލަކީ ގަބޫލް ކުރަން ދަތިވިޔަށް ފޯރާކަމެކެވެ.