ads
މިނިސްޓަރު ޒަހާ ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މޯލްޑިވްސް މެރިން ސިމްޕޯޒިއަމް ފަށައިގެން ކުރިއަށް އެބަދޭ
ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ދިރާސާތައްކުރާ އިންސްޓިޓިއުޓް (އެމްއެމްއައިއާރު) އިން އިންތިޒާމް ކުރަމުންދާ "މޯލްޑިވްސް މެރިން ސިމްޕޯޒިއަމް" ގެ ތިންވަނަ މަހާސިންތާ މިއަދު ފަށައިފި އެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި މަހާސިންތާގެ މަގްސަދަކީ ރާއްޖޭގެ ކަނޑުގެ މާހައުލާއި، ވަސީލަތްތަކާއި، ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސާތަކުގެ މައުލޫމާތު ބަދަލުކޮށް، އާންމުންނާއި އެ ދިރާސާތަކުގެ ނަތީޖާ ހިއްސާކުރުމުގެ ތެރެއިން ރާއްޖޭގެ މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުން ކަމަށް އެމްއެމްއާރުއައި އިން ބުނެއެވެ.

"މޯލްޑިވްސް މެރިން ސިމްޕޯޒިއަމް" ތިންވަނަ ފަހަރަށް ކުރިއަށް ގެންދާއިރު، މިފަހަރުގެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ ފިޝަރީޒް އެންޑް މެރިން ރިސޯސަސް މިނިސްޓަރު ޒަހާ ވަހީދެވެ.

މި މަހާސިންތާ އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޒަހާ ވަނީ ރާއްޖޭގައި ދެމެހެއްޓެނިވި ނޫ އިގްތިސާދެއް ބައްޓަންކުރުމުގައި ސައިންސުން ފޯރުކޮށްދޭ މަގާމަށް ސަރުކާރުންދޭ އަހައްމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. މީގެ އިތުރުން މެރިން ސައިންސްގެ ދިރާސާތައް އާންމުކުރެވޭނެ ޕްލެޓްފޯމެއް އޮތުމުގެ މުހިއްމުކަންވެސް ޒަހާ ފާހަގަކުރައްވާފައިވެ އެވެ.

ދެ ދުވަހަށް ވާޗުއަލްކޮށް ކުރިއަށް ގެންދާ މި މަހާސިންތާގައި ފަސް ދާއިރާ އަކުން ޖުމްލަ 34 ކަރުދާހެއް ހުށަހަޅަން ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ މަހާސިންތާއަށް ހުށަހަޅާފައިވާ އެބްސްޓްރެކްޓްތައް މުރާޖާކުރެއްވި މަހާސިންތާގެ ސައިންޓިފިކް ކޮމިޓީން ވަނީ މި މަހާސިންތާގައި ހިމެނުމަށް ފެންވަރު ރަނގަޅު ދިރާސާތައް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް