އުމުރުން ތިރީސް ނުވަ އަހަރުގެ ޒްލަޓާންއަކީ އީޓާލިއަން ލީގުގެ މިވަގުުތު ޓޮޕް ސްކޯރާއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާ ލުކާކޫ ފަދަ ކުޅުންތެރިން ލަނޑު ލިސްޓުގައި އުޅެނީ އިބްރޮހޮމަވިޗަށްވުރެ ފަހަތުގައެވެ. ބީބީސީއާ ވާހަކަ ދައްކަމުން ޒްލަޓާން އިބްރޮހޮމަވިޗް ބުނީ އޭނާއަށް މިހާރު ކުޅެމުން އަންނަ ފެންވަރުގައި ކުޅެވޭހާ ދުވަހަކު ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
ޒްލަޓާން ވަނީ މި ސީޒަންގައި މިހާތަނަށް އަށް މެޗުން ދިހަ ގޯލް ޖަހާފައެވެ. އަދި އޭސީ މިލާން އޮތީވެސް ޓޭބަލްގެ އެއްވަނަ މަގާމުގަ އެވެ.