ads
ޕްރިޔަންކާ އާއި ނިކް--
ޕްރިޔަންކާ ނަލަވުމަށް ބޭނުން ކުރާ ސާމާނު ނިކް ވެސް ބޭނުން ކުރޭ!
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ޖޯޑަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ. އެގޮތުން ދެ ތަރިން އެކުގައި ހޭދަކުރާ ވަގުތުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން ވެސް ސަމާލުކަން ލިބެ އެވެ. އަނެއްކާ ވެސް މި ޖޯޑު، މިވަނީ ދެ ތަރިންގެ އަމިއްލަ ދިރިއުޅުމާއި ގުޅޭ ބައެއް ކަންކަން ހިއްސާކޮށް އާންމުންގެ ސަމާލުކަން ދަމައިގެންފަ އެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ޖޯޑަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ. އެގޮތުން ދެ ތަރިން އެކުގައި ހޭދަ ކުރާ ވަގުތުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން ވެސް ސަމާލުކަން ލިބެ އެވެ. އަނެއްކާ ވެސް މި ޖޯޑު، މި ވަނީ ދެ ތަރިންގެ އަމިއްލަ ދިރިއުޅުމާއި ގުޅޭ ބައެއް ކަންކަން ހިއްސާކޮށް އާންމުންގެ ސަމާލުކަން ދަމައިގެންފަ އެވެ.

ދާދި ފަހުން އުމުރުން 27 އަހަރުގެ ނިކް ވަނީ، އޭނާގެ އަންހެނުން ޕްރިޔަންކާ ރީތިވުމަށް ބޭނުން ކުރާ ބައެއް ސާމާނު އޭނާ ވެސް ބޭނުން ކުރާ ކަމަށް ބުނެފަ އެވެ. އެގޮތުން ހަންގަނޑު ރީއްޗަށް ބެހެއްޓުމަށް ޕްރިޔަންކާ ބޭނުން ކުރާ ސާމާނު ބޮޑަށް ބޭނުން ކުރަނީ އޭނާ ގެންގުޅޭ ރީތިވާ ސާމާނު ހުސްވުމުންކަން ވެސް ނިކް ބުނެ އެވެ.

އެގޮތަށް ޕްރިޔަންކާގެ ސާމާނު ބޭނުން ކުރި ނަމަވެސް އޭނާ ރުޅި ނާންނަ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިޔަންކާ އާއި ހޮލީވުޑުގެ ތަރި، ނިކް އިންޑިއާގެ ޖޯދްޕޫރުގައި ހުންނަ އުމައިދު ބާވަން ޕެލަސްގައި ކައިވެނި ކުރިއިރު އެ ހަފުލާގައި ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ބައިވެރިވިވެފައި ވެއެވެ.

އުމުރުން 37 އަހަރުގެ ޕްރިޔަންކާ ވެސް ވަނީ ނިއުޔޯކަށް އުފަން ނިކްއަކީ ޕަންޖާބީއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެގޮތަށް ޕްރިޔަންކާ ބުނީ ނިކް ބޮލީވުޑަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. އެގޮތުން ހިންދީ ލަވަތައް ޖެހުމާއި ހިންދީ ރޭޑިއޯ ޗެނަލްތައް އަޑު އެހުމަކީ ނިކް ވަރަށް ޝައުގުވެރިވެގެން ކުރާ ކަމެއް ކަމަށް ވެސް ޕްރިޔަންކާ ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް