ads
ކަނޑިންމަ ރިސޯޓް--
36000 އަށްވުރެ ގިނަ އެނދު އޮޕަރޭޝަނަށް!
ފަތުރުވރިންނަށް ހިދުމަތްދިނުމަށް މިވަދުތު ރާއްޖޭގައި 36 ހާހަށްވުރެ ގިން އެނދު އޮޕަރޭޝަނަށް ނެރެފައިވާކަމަށް ޓޫރިމްޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން  ނެރުނު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިންނަށް ޚހިދުމަތްދިނުމަށް 36813 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މިއީ މުޅި ޖުމްލަ 413 ފެސިލިޓީއެކެވެ. އޭގެތެރޭގައި ރިސޯޓްތަކާއި، ސަފާރީތަކާއި، އަދި ގެސްޓްހައުސްތައްވެސް ހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 1 ލައްކަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުން އަންނައިރު ފަތުރުވެރިން ރާއްޖެ އަންނައިރު ކޮވިޑް 19 އަށް ޓެސްޓްކޮށްފައިވާ 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް އޮންނަން ޖެހެއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ތަންތަން ބަންދުކޮށްފައި އޮތުމަށްފަހު ރިސޯޓް އަދި ސަފާރީތައް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. 

ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ އޮކްޓޯބަރ މަހުގެ 15 ގައި ދީފައިވެއެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. 

މީގެކުރިން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ޓްރާންސިޓް ފެސިލިޓީތަކުގެ ގޮތުގައެވެ.

މާލެ ސަރަހައްދުން ގެސްޓްހައުސްތައް ހުޅުވުމުން 5000 އާއި ގާތްކުރާ އަދަދަކަށް ބެޑްސް ހުޅުވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް