ads
މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުލަ ބަދަލުކުރުމުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދުނީތޯ؟: ޝިޔާމް
ހިޔާ ފްލެޓްތަކުގެ ކުލަ ބަދަލުކުރުމުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުނީތޯ ސުވާލު އުފައްދަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކުގައި ލާފައިވާ ކުލައިގެ ބަދަލުގައި އެހެންކުލައެއް ލާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ، ހިޔާ މަޝްރޫއުގެ ދަށުން ރައީސް ޔާމީން އަޅުއްވާފައިވާ ފްލެޓްތަކުގެ ކުލަ ބަދަލުކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުނީތޯ ސުވާލު އުފައްދަވާފަ އެވެ. 

ޝިޔާމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކުލަ ބަދަލުކުރުމަށް ނޫންކަމަށާއި، ރައްޔިތުން ބޭނުންވަނީ ވީހާވެސް އަވަހަށް ހައްޤުވެރިންނަށް އެތަނަށް ވަދެވުމަށް ކަމަށެވެ. 

އެކަމާއި ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ބުނެފައިވަނީ ހިޔާ ފްލެޓްތަކުގެ ކުލަ ބަދަލުކުރަން ފަށާފައިވަނީ މިހާރު ލާފައިވާ ކުލަ ފައިބަން ފެށުމުން ކަމަށެވެ. އަދި މިހާރު ލަމުން އަންނަނީ އޮރެންޖް ކުލަ ކަމަށް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް