
އަލިފާން ރޯވެފައި ވަނީ މިއަދު 11 ހާއިރު ރަށުގެ މެދަކާ ހިސާބުގައި ހުންނަ އިމާރާތެއްގަ އެވެ. އެއީ މިހާރު ވެސް ބައްދަލުވުންތަކާއި ޖަލްސާތައް ސްކޫލުން ބާއްވަމުން އަންނަ ކޯލަކާއި ގާތްގަނޑަކަށް ވިހި ފޫޓު ދުރުގައި ހުރި އިމާރާތެެކެވެ.
އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު ސީއެންއެމްއަށް ވިދާޅުވީ ސީލިންގްކޮށް ބައެއް ފަރުނީޗަރު ސާމާނު ވެސް ވައްދާފައިވާ އެ އިމާރާތުގައި އަލިފާން ރޯވި ސަބަބު ސާފު ނުވާ ކަމަށެވެ.
އަދި ރަށުގެ ރައްޔިތުން ނުކުމެ އެތަނުން އަލިފާން ނިއްވުމަށް މަސައްކަތްކުރީ އެމްއެންޑީއެފަށް ވެސް ރިޕޯޓްކުރުމަށް ފަހު ނަމަވެސް އެމްއެންޑީއެފްގެ ޓީމު އައުމުގެ ކުރިން އެ އިމާރާތް އެއްކޮށް އަނދާ އަޅިއަށްވެ އަލިފާންގަނޑު ވެސް ނިވިފައިވާ ކަމަށް ވިދާޅުވި އެވެ.
ފޮޓޯ: ކައުންސިލްގެ ރައީސް
އަލިފާންގަނޑު އެއްކޮށް ނިވުނުއިރު ގާތްގަނޑަކަށް 12 ޖަހާނެ ކަމަށް ވެސް ވިދާޅުވި އެވެ.