ads
ރައީސް އޮފީސް ކުރިމަތި ބަންދުކޮށްފައި
ރައީސް އޮފީސް ކުރިމަތީގައި މީހަކު ގިނިކަންޏާ މުޒާހަރާކުރަނީ
ރައީސް އޮފީސް ކުރިމަތީގައި މީހަކު އެކަނި މާއެކަނި މުޒާހަރާ ކުރަމުން އެބަގެންދެއެވެ.
Advertisement

އޭނާ ވަނީ ރައީސް އޮފީސް ކުރިމަތީގައި ހުންނަ ހުރަވީ ބިލްޑިންގު ވަށައިގެން ޖަހާފައި ހުރި ހޮޅިތަކުގެ މައްޗަށް އަރައި ޕޯސްޓަރުތަކާއި ބެނާތައް ބޭނުންކޮށްގެން ނުރުހުން ފާޅުކޮށްފައެވެ. 

އޭނާގެ ޕޯސްޓަރުތަކުގައި ވަނީ ވަގަށް ނަގައިގެން ގެންގޮސް މަރާލި ނޫސްވެރިއާ އަހުމަދު ރިލްވާން އާއި، ބްލޮގަރު އަދި ހިއުމަންރައިޓްސް އެކްޓިވިސްޓު އަބްދުﷲ ޔާމިން އަދި މަރާލި ދީނީ އިލްމުވެރިއާ ޑރ. އަފްރާޝީމް އަލީގެ ފޮޓޯ ޖަހާފައެވެ. 

އެ ސަރަހައްދުގައި ތިބި ސީއެންއެމްގެ ނޫސްވެރިއާ އަހުމަދު އިއާދު މައުލޫމާތު ދޭގޮތުން އެ ސަރަހައްދަށް މަންޒަރު ބަލަން ގޮސް ތިބި މީހުން ދުރައްޖެސުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

މަރާލާފައިވާ މީހުންނާއި، ވަގަށްނަގާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެ މަރު ކޮމިޝަނެއް އުފެއްދެވިއެވެ. އެެހެން ނަމަވެސް މަރުތަކުގެ މައްސަލައިގައި އިންސާފު ގާއިމް ކުރުން ލަސްވާކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް